އަންނަ އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

ނޮވެމްބަރ 10 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ނިންމާފައި ވަނީ ނޮވެމްބަރ 09 ވަނަ ދުވަހަކީ ކީރިތި ރަސޫލާގެ އީދުމީލާދަށް ވެފައި ނޮވެމްބަރ 11 އަށްވާ ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަހަށް ވާތީ އެދެމެދަށް ރަސްމީ ދުވަހެއް އަންނާތީއެވެ. އެހެންކަމުން ނޮވެމްބަރ 07 ވާ ބުރާސްފަތި ދުވަހަށް ފަހު ސަރުކާރު ދެން ހުޅުވޭނީ ނޮވެމްބަރ 12 ވާ އަންގާރަ ދުވަހު އެވެ. އަންނަ ހަފްތާ ބަންދުގެ ގޮތުގައި ހަތަރު ދުވަސް ލިބޭނެއެވެ.