ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓަށް އިތުރު ދަތުރުތަކެއް ބާއްވަން ތާވަލު ކޮށްފައިވާ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓުގައި ބުނީ މާލެ އިން މާވަރުލަށް އަދި މާވަރުލުން މާލެއަށާއި މާލެއިން ހޯރަފުއްޓަށް އަދި ހޯރަފުށިން މާލެއަށް ހޯމަ ދުވަހު ދަތުރުތައް އޮންނާނެ ކަމަށެވެ. އަދި ޑިމާންޑަށް ބަލައި ކުރިއަށް އޮތްތަނުގައި އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

Ad
rt

މޯލްޑިވިއަނުން އިތުރު ދަތުރުތައް ބާއްވަމުންގެންދަނީ އީދު ބަންދާއި ބޮޑު ޗުއްޓީއާ ދިމާކޮށް ޑިމާންޑް އިތުރުވެފައިވާތީއެވެ.

މާދަމާއަށްވެސް އިތުރު ދަތުރުތަކެއް މޯލްޑިވިއަނުން ތާވަލު ކުރިއެވެ. އެއީ 3 ވަނަ ދުވަހު ހދ. ކުޅުދުއްފުއްޓާއި، ށ. ފުނަދޫ އަދި ތ. ތިމަރަފުއްޓަށް ބާއްވާ ދަތުރުތަކެވެ.

ބަންދާ ދިމާކޮށް ޑިމާންޑު ބޮޑުވަމުންދާތީ މި މަހުގެ 14 އާ ހަމައަށް އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރަމުންދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަނުން ދަތުރުކުރާ ހުރިހާ މަންޒިލްތަކަށްހެން ފްލައިޓުތައް ވަނީ ފުލްވެފައެވެ. ގިނަ މަންޒިލްތަކަށް މި މަހުގެ 26 އާ ހަމައަށް އޮތީ ފުލްވެފައެވެ.