އާޓިފިޝަލް ބީޗުގައި ނިޔާވެފައި އޮއްވާ ފެނިގެން އޭޑީކޭއަށް މިއަދު ހެނދުނު ގެންދިޔަ މީހަކީ ކާކުތޯ ދެނެގަންނަން އެ ހޮސްޕިޓަލުން އާންމުންގެ އެހީއަށް އެދެފި އެވެ.
ފުލުހުން ބުނެފައިވަނީ އާޓިފިޝަލް ބީޗުގައި ހުރި ގޮންޑި އެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލުދެރަވެފަ އިން ކަމުގެ މައުލޫމާތު މިއަދު 06:26 އެހައިކަންހާއިރު ފުލުހުންނަށް ލިބުމާއެކު އެމީހާ އޭޑީކޭއަށް ގެންގޮސްފައިވާކަމަށާއި އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ އަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ މަސައްކަތް ކުރަމުންކަމަށާއި ވީމާ، އެއްވެސް ފަރާތަކުން ދޮށީ އުމުރުގެ ފިރިހެނެއްގެ (ހުދު ތުންބުޅި އަކާއި މަތިމަހެއް ހުރި ފިރިހެނެއް) ޚަބަރެއް ވެފަ ނުވާނަމަ ނުވަތަ ވީތަނެއް ނޭންގިގެން އުޅޭ ނަމަ 3322111 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދޭކަމަށެވެ.
އޭޑީކޭ އިން ކުރި ޓްވީޓެއްގައި ބުނީ އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނަކު މިއަދު ހެނދުނު އެމަޖެންސީއަސް ގެނައި އިރު ވެސް ދިރިއޮތްކަމުގެ ނިޝާނެއް ނެތް ކަމަށެވެ. އަދި އޭނާ ސަލާމަތްކުރެވޭތޯ ޑޮކްޓަރުން މަސައްކަތްކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
URGENT
An unidentified elderly (~50-60y), man, wearing a blue short, was brought this morning to our ER from Artificial Beach with no signs of life. Unfortunately we have not been able to revive him. Please assist @PoliceMv to identify him.— ADK Hospital (@ADKHospital) October 22, 2019
އަޕްޑޭޓް 10:20
ނިޔާވި މީހާ އަކީ ކާކު ކަން މިހާރުވަނީ ދެނެގަނެވިފައިކަމަށާއި ނިޔާވެފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއް އަދި ނިޔާވި މީހާގެ އާއިލާ އާއި މިހާރު ގުޅިފައިވާކަމަށް ފުލުހުންވަނީ މަޢުލޫމާތުދީފައެވެ އަދި އާއިލާ އިން މިހާރު ވަނީ މީހާ އާއި ހަވާލުވެފައިކަމަށް ފުލުހުންބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!