އަމީރުލްޙައްޖުގެ ގޮތުގައި މި އަހަރު ވަޑައިގަންނަވާނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މިކަން ހާމަ ކުރައްވައި ރައީސް އޮފީހުން ވިދާޅުވީ އަމީރުލް ޙައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ހަމަޖެއްސެވީ މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށް ކަމަށެވެ.
އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވާފައި ވާއިރު، އަމީރުލް ހައްޖަކީ ޢާއްމު ގޮތެއްގައި ރާއްޖެއިން ހައްޖަށްދާ ދިވެހިންގެ ކަންކަން ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ހާއްސަ މަންދޫބެވެ.
ރާއްޖެއިން މިއަަހަރު ޙައްޖަށް މީހުން ގެންދިއުމަށް ލިބުނު ޙައްޖު ކޯޓާ ލިބިފައިވަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ.
އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު އަލީ ވިދާޅުވީ ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމާފައިވަނީ އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށައެޅުމަށް އެކަށީގެންވާ މުއްދަތެއް ނެތުމާއިއެކު، މިހާރުގެ ހާލަތަށް ރިޢާޔަތް ކުރުމަށްފަހުގައި ކަމަށެވެ.
ޙައްޖަށް މީހުން ގެންދިޔުމަށް ހައްޖަށް ގެންދިއުމަށް މިއަހަރު ރާއްޖެއަށް ލިބިފައިވާ 453 ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު އޭގެތެރެއިން 100 ކޯޓާ އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!