ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "މޮޅަދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންގެ ކުޅިވަރާއި ހުނަރު ތަރައްޤީކޮށް އަދި ކުޅިވަރާއި ހުނަރުގެ ތެރެއިން ދުޅަހެޔޮ ޖީލެއް ބިނާ ކުރުމެވެ. މީގެ އިތުރުން ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.

Ad
rt

މޮޅަދޫގެ ޒުވާނުންނަށް (ފިރިހެނުންނަށް) އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ތާވަލުކުރެވިފައި ވަނީ 13 ޖުލައި 2022 ގައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ ކައުންސިލުން ލިބެން ހުންނާނެ ކަމަށާއި، މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހެޅޭ އެންމެ ފަހުގެ ތާރީޚަކީ 15 މެއި 2022 ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މުބާރާތާއި ގުޅޭގިތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ފޯންނަންބަރު 6500031 އަށް ނުވަތަ 7660669 އަށް ގުޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.