ނ. މާފަރު މަގުތަކުން ބިޓުމަން ސާފުކުރުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ އެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެދިވަޑައިގަތުމަކަށް އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ.
ނ. މާފަރު ކައުންސިލުން މި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އަރިހު އެދިވަޑައިގަތީ އެމަނިކުފާނު ޖެނުއަރީ 2022 ގައި ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!