ހއ.ކެލާ ކައުންސިލްގެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، އެ ރަށު ފުޓްސަލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ފުރުޞަތު ކުންފުނި ޕާޓްނަރޝިޕް ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާއިރު، 27 މާރޗް 2022 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން ނަން ނޯޓްކޮށް މަޢުލޫމާތު ސާފުކޮށް ނިންމެވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ދުވަސްތަކުގައި އެ ކައުންސިލަށް ވަޑައިގެން ނުވަތަ އީމެއިލް ކުރައްވައިގެން ނުވަތަ އެ ކައުންސިލުގެ ވައިބާ ނަމްބަރަށް މެސެޖް ކުރައްވައިގެން ނަން ނޯޓް ކުރުމުގެ ކަންކަން ފުރިހަމަ ކުރެވިދާނެއެވެ.
އީމެއިލް ކުރައްވާ ފަރާތްތަކާއި ވައިބާއިން މެސެޖް ކުރައްވާ ފަރާތްތަކުން މި މަސައްކަތަށް އެދި ހުށަހަޅާއިރު ވިޔަފާރީގެ ނަމާއި ގުޅޭނެ ނަންބަރު، އީމެއިލްއެޑްރެސް އަދި ހުށަހަޅާ ފަރާތުގެ ނަން ހިމަނަން ވާނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 31 އޭޕްރިލް 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލްގެ އިދާރާގައެވެ.
ކެލާ ކައުންސިލް މެއިލް އެޑްރެސް: info@kela.gov.mv
ކައުންސިލް ވައިބާ ނަމްބަރު: 9650027
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!