Skip to main content
Topic Archive

#ކެލާ ކައުންސިލް

75 Stories filed
ކެލާ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
News

ކެލާ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމަށް ހއ. ކެލާ ކައުންސިލުން އިންތިޒާމުކުރާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށްދާނީ ނޮވެންބަރު މަހުގެ 19 އިން 21 އަށެވެ.

ރޯދައަށް ކަރާ އިންދަން ކެލާއިން 5،000 އަކަފޫޓުގެ ބިން ދޫކުރަނީ
Thiladhunmathi News

ރޯދައަށް ކަރާ އިންދަން ކެލާއިން 5،000 އަކަފޫޓުގެ ބިން ދޫކުރަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަގުތީ ގޮތުން ކަރާ އިންދުމަށް، ހއ. ކެލާގެ ދެކުނުކޮޅުން 5،000 އަކަފޫޓުގެ ދަނޑުބިންތަކެއް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކެލާ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ދެކުނުކޮޅު ވަތަބަނޑޭރި މަގުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ކަމަށެވެ. އަދި މި ބިންތައް ދޫކުރާނީ ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 6 މަސްދުވަހުގެ މުއްދަތަކަށް ކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެވެ. މި...

ބަނދަރަށް ވެލިއަރައި ތިލަވުމުން، ކެލާ ރައްޔިތުންނަށް ވެލި ނަގަން އެއްމަސް ދުވަސް ދީފި
Thiladhunmathi News

ބަނދަރަށް ވެލިއަރައި ތިލަވުމުން، ކެލާ ރައްޔިތުންނަށް ވެލި ނަގަން އެއްމަސް ދުވަސް ދީފި

ހއ. ކެލާ ބަނދަރުގެ ސަރަހައްދަކަށް ވެލިއަރައި ތިލަވުމާ ގުޅިގެން، ބަނދަރު ފުންކުރުމުގެގޮތުން އާންމުންގެ ބޭނުންތަކަށް ވެލި ނެގުމުގެ ފުރުސަތު އެއްމަސް ދުވަހުގެ މުއްދަތަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ކެލާ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ރަށު ބަނދަރުގެ އިރުއުތުރު ފަރާތަށް ވެލިއަރައި ތިލަވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ފުންކުރުމުގެ ގޮތުން، އާންމުންގެ ބޭނުންތަކަށް ވެލި ދޫކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެ ރަށު ބަނދަރުން ވެލި ބޭނުންވާ...

ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރާނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރާނެ ފަރާތެއް ހޯދަނީ

ހއ. ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މަސައްކަތް ކޮންޓްރެކްޓް އުޞޫލުން އެ ޕްރޮޖެކްޓް ނަގާ ފަރާތުގެ އަމިއްލަ ތަކެތީގައެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 05 އޮކްޓޫބަރު 2026 އިން ފެށިގެން 11 އޮކްޓޫބަރު 2026 ގެ ނިޔަލަށ...

ކެލާގެ ދަނޑުބިންތަކުގެ މަގަށް އަރާ އަލަކޯރުތައް ވަކިކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފި
Raajje

ކެލާގެ ދަނޑުބިންތަކުގެ މަގަށް އަރާ އަލަކޯރުތައް ވަކިކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފި

ހއ. ކެލާގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ މަގުތަކަށް އަރާފައިވާ އަލަކޯރުތަކުގައި ފެންސް ޖަހައިގެން ވަކިކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކުރައްވައިފިއެވެ. ކެލާ ކައުންސިލުން ބުނީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިންތަކަށް ވަދެނުކުތުމަށް ކަނޑައަޅާފައިވާ މަގުތައް ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން، މަގަށް އަރާފައިވާ އަލަކޯރުތަކުގެ ބައިތައް ފަސްއަޅައި ފޮރުވާލަން ޖެހޭތީ، އެ ބައިތައް ފެންސް ޖަހ...

ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް
Thiladhunmathi News

ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް

ކީރިތި ޤުރުއާން ހިތުދަސްކުރައްވައި، އުމުރުން އެންމެ 13 އަހަރުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ހއ. ކެލާ، ދޭލިޔާގެ، ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހްއާ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ޢަބްދުﷲ ޢައްޔާޝް ހޯދި މި ފުރިހަމަ ކާމިޔާބީއާ ގުޅިގެން ވަޒީރު އޭނާއާ ބައްދަލުކުރައްވައި، އެ މަތިވެރި މަސައްކަތް ފާހަގަކުރައްވާފައިވާ ކަމަށެވެ. ޢައްޔާޝްއަކީ ހއ. ކެލާ އަށް އުފ...

ސްޕޯޓްސް އެވޯޑުގެ ކާމިޔާބީ އަށް ޝިމްލާ އަށް ކެލާ ކައުންސިލްގެ މަރުޙަބާ
Thiladhunmathi News

ސްޕޯޓްސް އެވޯޑުގެ ކާމިޔާބީ އަށް ޝިމްލާ އަށް ކެލާ ކައުންސިލްގެ މަރުޙަބާ

ސްޕޯޓްސް އެވޯޑްގައި ”ޓެކްނިކަލް އޮފިޝަލް އޮފްދަ އިޔަރ”ގެ އެވޯޑް ލިބުނު ހއ. ކެލާ/ފައިންރޯޒް، އައިޝަތު ޝިމްލާ (ޝިމް) އަށް އެރަށު ކައުންސިލުން މަރުހަބާ ކިޔައިފިއެވެ. ކެލާ ކައުންސިލުން ވަނީ ޝިމްގެ މި ކާމިޔާބީ އަކީ ރަން ވަނައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޝިމްގެ މި ކާމިޔާބީ އަށް އެ ކައުންސިލާއި ކެލާ ރައްޔިތުންގެ ނަމުގައި މަރުޙަބާ ކިޔާފަވެއެވެ. ޝިމް އަކީ ހޭންޑް ބޯލްގެ ދަނޑުގައި އިތުބާރު ލިބިފައިވާ ރްފެރީއެކެވެ. 2022 ވަނަ އަހަރު ހޭންޑް ބޯލް ރެފްރީ ކޯސް […]

ކެލާ ކައުންސިލްގެ ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކެލާ ކައުންސިލްގެ ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ކައުންސިލްގެ ރަސްމީ ވެބްސައިޓް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، ހޮސްޓްކުރުމުގެ އިތުރުން މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާންކޮށްފިއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނީ 2 ފެބްރުއަރީ 2026 އިން 8 ފެބްރުއަރީ 2026 އާ ހަމައަށެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކެލާ...

ކެލާގައި ގަސް އިންދުމުގެ ހަރަކާތެއް
Raajje

ކެލާގައި ގަސް އިންދުމުގެ ހަރަކާތެއް

ހއ. ކެލާގައި ސަރުކާރުގެ “ފަސް މިލިއަން ގަސް އިންދުމުގެ” ގައުމީ މަޝްރޫޢުގެ ދަށުން ތިމާވެށި ހިމާޔަތްކޮށް ރަށުގެ ފެހިކަން އިތުރުކުރުމުގެ ޚާއްސަ ހަރަކާތެއް ފަށައިފިއެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ، މި ހަރަކާތަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން އިސްކުރާ މަސައްކަތްތަކުގެ ތެރެއިން، ކެލާ ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. މި ހަރަކާތުގެ ދަށުން މިހާރު ގަސް އިންދަން ފަށާފައިވާއިރު، މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކުގައި ޖު...

ތިލަ އުތުރު މަސްރޭސް ކެލާގައި، ބައިވެރިވުމަށް ހުޅުވާލައިފިި
Thiladhunmathi News

ތިލަ އުތުރު މަސްރޭސް ކެލާގައި، ބައިވެރިވުމަށް ހުޅުވާލައިފިި

ހއ.އަތޮޅުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ “ތިލައުތުރު މަސްރޭސް 2025” ގައި ބައިވެރިވުމުގެ ފުރުސަތު އެ އަތޮޅު ކެލާ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ. މި މަސްރޭސް އަކީ އަތޮޅުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ.އަތޮޅު ކައުންސިލާއި ކެލާ ކައުންސިލް ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މަސްރޭސް ބާއްވަން ނިންމާފައި ވަނީ ކެލާގައެވެ. ކެލާ ކައުންސިލުން މިކަމާއި ގުޅިގެން ކުރި ޢިއުލާނުގައި ބުނެފައިވަނީ، ހއ.އަތޮޅު މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ތިލައުތުރު މަސްރޭހުގައ...

ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް
Thiladhunmathi News

ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް

ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025”ގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުށީގެ ހޯރަ ޔުނައިޓެޑް ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި ހޯރަ ޔުނައިޓެޑް ޗެމްޕިއަންކަން ސީދާ ތިން ސެޓުން ހދ. ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް އަތުން މޮޅުވެގެންނެވެ. ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ހޯރަ ޔުނައިޓެޑް މޮޅުވިނަމަވެސް ސާއްބައިން ވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް […]

ކެލާ ސްޕޯޓްސް ފިއެސްޓާ: ފުޓްސަލް ޗެމްޕިއަންކަން އުސްގަނޑު ސްޕޯޓްސް އަށް
Thiladhunmathi News

ކެލާ ސްޕޯޓްސް ފިއެސްޓާ: ފުޓްސަލް ޗެމްޕިއަންކަން އުސްގަނޑު ސްޕޯޓްސް އަށް

ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025”ގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުސްގަނޑު ސްޕޯޓްސް ހޯދައިފިއެވެ. ރޭ ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި އުސްގަނޑު ޗެމްޕިއަންކަން ހޯދީ 6-1 އިން ކްލަބް ރޭވަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ މޭންއޮފްދަ މެޗުގެ މަގާމަށް ހޮވިފައި ވަނީ އުސްގަނޑު ސްޕޯޓްސްގެ އަހްމަދު ރާހިލް ރަޝީދެވެ. މުބާރާތުގެ އެންމެ މޮޅު ފަސްކުޅުން ތެރެއިން ހުސައިން އަހްސަން، ޖޒ ނަންބަރު 19، ކްލަބް […]

ކެލާގައި ބޭއްވި މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ނިންމާލައިފި
Thiladhunmathi News

ކެލާގައި ބޭއްވި މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ނިންމާލައިފި

ހއ. ކެލާގައި ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމަށް ބޭއްވި ތަމްރީނު ޕްރޮގްރާމު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކެލާ ކައުންސިލާއި ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި އޮގަސްޓް މަހު 20 އިން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހއ. އަތޮޅުގެ 10 ރަށެއްގެ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މި ޕްރޮގްރާމުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ދައުލަތުގެ ޕްރޮކިއުމަ...

ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް 22 މީހަކު ކުރިމަތިލައިފި
Thiladhunmathi News

ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް 22 މީހަކު ކުރިމަތިލައިފި

ހއ. ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް ކެލާ ކައުންސިލުން އާންމުކޮށްފިއެވެ. މިއީ ކެލާއިން ދަނޑުވެރިކަމަށް ބިން ދޫކުރާ ތިން ވަނަ ބުރެވެ. މި މުބުރުގައި ދޫކުރާ ބިންތަަކަށް ކުރިމަތިލުމަށް ކައުންސިލުން ހުޅުވާލީ 6 އޮގަސްޓު 2025 ގައެވެ. މިގޮތުން ކެލާ ދެކުނުކޮޅު އަދި ތޮށިމަތި ސަރަހައްދުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ ތިން ވަނަ ބުރުގައި ދަނޑުބިމަށް އެދި ފޯމު ލުމަށް ހުޅުވާލި ފުރުސަތުގައި ފޯމުލާފައިވާ ފަރާތްތަކުގެ ލިސްޓް ކެލާ […]

ކެލާގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ކެލާގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ކެލާގައި ކުރިއަށް ގެންދިޔަ “މޫދު ކަސްރަތުން އުފާވެރިން” ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްހަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފް ނޮދަން އޭރ...