އިސްލާމީ މުހިންމު ވާޖިބުތަކަށް ހުރަސް އެޅޭ ގޮތަކަށް ޤާނޫނެއް ވޫޖޫދުވުމަކަށް ނޭދެން: ކެލާ ކައުންސިލް
އިސްލާމީ މުހިންމު ވާޖިބުތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ޤާނޫނެއް ވޫޖޫދަށް ގެނައުމަކީ ކެލާ ރައްޔިތުން އެދޭނެ ކަމެއް ނޫންކަމަށް ހއ. ކެލާ ކައުންސިލުން ބުނެފިއެވެ. ކެލާ ކައުންސިލުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައެވެ. ކެލާ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނުގައި ބުނީ، ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިސްލާޙު ގެނައުމު...