ކައުންސިލާއި ގުޅިގެން ކެލާގައި، އީދު ކުޅިވަރު ހަރަކާތްތައް ހިންގައިދޭނެ ބަޔަކު ހޯދަނީ
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލާއި ގުޅިގެން އެ ރަށުގައި އަޟްހާ އީދު ކުޅިވަރުތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. އެ ކައުންސިލުން މި އަހަރު ބޮޑު އީދު ފާހަގަ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ އެ ރަށުގެ ކުލަބް ޖަމިއްޔާތަކަށެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް އެ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ސަގާފަތް ދިރުވައި އާލާކުރުމާއި އަންނަން އޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލް ކުރުމަށްޓަކައި މި...