Skip to main content
Topic Archive

#ކެލާ ކައުންސިލް

75 Stories filed
އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކުރުން ބަލައެއް ނުގަނެވޭނެ: ކެލާ ކައުންސިލް
Thiladhunmathi News

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކުރުން ބަލައެއް ނުގަނެވޭނެ: ކެލާ ކައުންސިލް

ކީރިތި ރަސޫލާ ﷺ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތައް ހއ. ކެލާ ކައުންސިލުން ކުށްވެރިކޮށްފިއެވެ. އެކަން ކުށްވެރިކޮށް ކެލާ ކައުންސިލްގެ ފަސް މެންބަރުން އިއްތިފާގުވެ އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، މާތްވެގެންވާ އިސްލާމްދީނާއި، މާތް ރަސޫލާ އަށް ފުރައްސާރަކޮށް ހިންގާ އެއްވެސް ޢަމަލެއް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާ ތަކާއި ޚިލާފަށް، އިސްލާމް ދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާ ﷺ  ގެ...

ކެލާގައި ހެލްތް އެވެއާނެސް އަދި ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފި
Thiladhunmathi News

ކެލާގައި ހެލްތް އެވެއާނެސް އަދި ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފި

ހއ. ކެލާގައި ހެލްތް އެވެއާނެސް އަދި ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ ކެލާ ކައުންސިލާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ކެލާ ޞިއްހީ މަރުކަޒާއި، ޝެއިޚް އިބްރާހީމް ސްކޫލާއި، އަދި އިންސްޓްރަކްޓަރ އަހްމަދު ޝާމް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އިއްޔެ ފެށި މި ޕްރޮގްރާމްގައި ފުރަތަމަ ސެޝަންގައި ދުޅަހެޔޮ ސިއްހަތާއި ހެދި ބޮޑުވުމާއި ގުޅޭ މައުލޫމާތު ދެއްވީ ކެލާ ސިއްހީ މަރުކަޒުގެ ހެޑް ނާރސް ސިރްމީލާ މުހައްމަދުއެވެ. އަދި އިންޓޮރޮޑަކްޓަރީ ސެލްފް ޑިފެންސް [...

ކެލާ ބަނދަރުން ތެލުގެ ވިޔަފާރިއަށް ބިން ދޫކުރަނީ
Thiladhunmathi News

ކެލާ ބަނދަރުން ތެލުގެ ވިޔަފާރިއަށް ބިން ދޫކުރަނީ

ހއ. ކެލާ ބަނދަރު ހުޅަނގުކޮޅުން ތެލުގެ ވިޔަފާރިއަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިގޮތުން ކެލާ ކައުންސިލުން ވަނީ އެ ރަށު ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް 25 އަހަރު ދުވަހުގެ މުއްދަތަށް 1500 އަކަފޫތުގެ ދެ ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމާފައެވެ. މި ބިންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގައެވެ. […]

ކެލާ ކައުންސިލްގެ ލޯގޯ އާއި މޯބައިލް އެޕްލިކޭޝަން އިފްތިތާޙް ކޮށްފި
Thiladhunmathi News

ކެލާ ކައުންސިލްގެ ލޯގޯ އާއި މޯބައިލް އެޕްލިކޭޝަން އިފްތިތާޙް ކޮށްފި

ހއ. ކެލާ ކައުންސިލްގެ ލޯގޯ އާއި މޯބައިލް އެޕްލިކޭޝަން އިފްތިތާޙް ކޮށްފިއެވެ. ކެލާ ކައުންސިލުން ބުނެފައިވާ ގޮތުގައި މިއެޕްލިކޭޝަން އިފްތިތާހް ކޮށްފައި މިވަނީ މިކަމަށްޓަކައި ކެލާ ފެހިބިން ސަރަހައްދުގެ ހިތްފަސޭހަ މާހައުލުގައި ރޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން މިރަސްމިއްޔާތުގައި މޯބައިލް އެޕްލިކޭޝަންގެ އިތުރުން ކެލާ ކައުންސިލްގެ ވެބްސައިޓާއި ލޯގޯ ގެ އިތުރުން އެކައުންސިލް މުވައްޒަފުންގެ ޔުނީފޯމް އާއި ސްޓާފުންގެ އައިޑީކާޑްވެސް މި ހަފްލާގައި ވަނީ ހަވާލުކޮށްދެއްވާފައެވެ. މިރަސްމިއްޔާތު...

ކެލާ ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ކެލާ ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ.ކެލާ ކައުންސިލްގެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، އެ ރަށު ފުޓްސަލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ފުރުޞަތު ކުންފުނި ޕާޓްނަރޝިޕް ލޯކަލް އިންވެސްޓްމަންޓް، އަމިއ...

ކެލާއިން 33 ގޯތި ދޫކުރަން ހުޅުވާލި ފުރުސަތަށް 262 ފޯމް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
Thiladhunmathi News

ކެލާއިން 33 ގޯތި ދޫކުރަން ހުޅުވާލި ފުރުސަތަށް 262 ފޯމް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ހއ. ކެލާއިން ދޫކުރުމަށް ހަމަޖެހިފައިވާ 33 ބަންޑާރަ ގޯއްދަށް އެދުނު ފަރާތްތަކުގެ ނަންތައް އާއްމުކޮށްފިއެވެ. ކެލާ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ  އެކައުންސިލުން އާއްމުކޮށްފައިވާ ނަންތަކުގެ ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ 08 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެއިދާރާއަށް ހުށައެޅުމަށެވެ. އެރަށުން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލި 33 ފުރުޞަތަށް އެދި ޖުމްލަ 262 ފަރާތަކުން ވަނީ ފޯމް ހުށައަޅާފައެވެ. ކެލާ އިން ބަންޑާރަ ގޯތި ދޫކުރަން ނިންމައި، […]

ކެލާ، ގޮނޑުދޮށާއި ހޭޅިފަށް ސާފުކޮށްފި
News

ކެލާ، ގޮނޑުދޮށާއި ހޭޅިފަށް ސާފުކޮށްފި

ހއ. ކެލާގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވަރަށް ފޯރިއާއިއެކު ކުރިއަށް ދިޔަ މި ހަރާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، އެރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން ރަށުގެ ހުޅަނގު ފަރާތު( މަތިފަރާތް)ގެ 0.8 ކިލޯ މީޓަރު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ. އެ ސަރައްދުން 1.5 ޖަމްބޯ ބޭގްގެ ކުނި ނަގާފައިވާކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގެ ފުއްޓަރު ފަރާތުގެ […]

ކެލާގައި ލޯކަލް މާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކެލާގައި ލޯކަލް މާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ބަނދަރު ސަރަހައްދުގައި ލޯކަލް މާރުކޭޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ކަމަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގެ 13:00 އަށް އެއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް އެދޭކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 28 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު […...

"ކެލާ ސްޕަރ ލީގު 2022" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

"ކެލާ ސްޕަރ ލީގު 2022" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ކެލާގައި “ކެލާ ސްޕަރ ލީގު 2022” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި ޓީމްތައް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ސްޕަރ ލީގަކީ އެ ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 15 ޖުލައި 2022 ވާ ހުކުރު ދުވަހު ކެލާ ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތުގައި ޓީމްތައް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި […]

ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި "ކެލަވަކި ބަގީޗާ" ހުޅުވައިފި
Thiladhunmathi News

ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި "ކެލަވަކި ބަގީޗާ" ހުޅުވައިފި

ހއ. ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި “ކެލަވަކި ބަގީޗާ” ހުޅުވައިފި އެވެ. މި ޕްރޮގްރާމަކީ ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ހިންގާ ގްލޯބަލް އެންވައިރަމެންޓް ފެސިލިޓީ، ސްމޯލް ގްރާންޓް ޕްރޮގްރާމުގެ ދަށުން ކެލާ ޔޫތު ފޯރަމުން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ކެލާ ޔޫތް ފޯރަމް އިން މައުލޫމާތު ދީފައިވާ މިޕްރޮގްރާމް ނިންމާ “ކެލަވަކި ބަގީޗާ” ގެ ނަމުގައި އިއްޔެ ވަނީ އެ ސަރަހައްދު ރަސްމީކޮށް ހުލުވާލާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސަރަޙައްދު ހުޅުވަ...

ކެލައިން، ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގޭގޮތް ހަދައިފި
Thiladhunmathi News

ކެލައިން، ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގޭގޮތް ހަދައިފި

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ކެލައިން ނެގޭގޮތަށް ހަމަޖައްސައިފިއެވެ. އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ކެލާ ކައުންސިލާ ދެމެދު ސޮއިކޮށްފައި ވަނީ މިއަދުއެވެ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކެލާ ކައުންސިލްގެ ރައީސް ޢަބްދު ﷲ އިންފާޒެވެ. އެ އަތޮޅުގައި މީގެކުރިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވ...

ކެލާ ކައުންސިލާއި ގުޅިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ކެލާ ކައުންސިލާއި ގުޅިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ކެލާާ ކައުންސިލުންނާއި ގުޅިގެން ވިޔަފާރި ކުރުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ. އެ ފުރުސަތު ހުޅުވާލައި، ކެލާ ކައުންސިލުން ވިދާޅުވެފައި ވަނީ، މި ފަދަ ފުރުސަތެއް ހުޅުވާލުމުގެ އެންމެބޮޑު ބޭނުމަކީ، އެ ކައުންސިލަށް ލިބޭ ޢާންމުދަނީ އިތުރުވުމަކީ ކެލާގެ ތަރައްޤީއަށާއި ރައްޔިތުންނަށް އޭގެ ސަބަބުން ނަފާލިބޭނެ ކަމަކަށް ވީނަމަވެސް ކައުންސިލްތަކަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން ތަރައްޤީގެ މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް ދަތި ކަމަކަށްވާތީ، ކެލާގައި ކައުންސިލްގެ ފަރާތުން ތަރައްގީގެ...

އެހުންތެރިންގެ ވޯޓުން ރާއްޖޭގެ އެންމެ މަޤްބޫލް މަންޒިލަކަށް ކެލާ
Thiladhunmathi News

އެހުންތެރިންގެ ވޯޓުން ރާއްޖޭގެ އެންމެ މަޤްބޫލް މަންޒިލަކަށް ކެލާ

ދިވެހިރާއްޖޭގެއަޑުން ކުރިޔަށް ގެންދިޔަ “އެންމެ މަޤްބޫލު މަންޒިލް 2020” ޕްރޮގްރާމުގެ އެހުންތެރިންގެ އެންމެ ގިނަ ވޯޓު ލިބިގެން، އެ ޕްރޮގްރާމުން ހޮވާ ރާއްޖޭގެ އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި ހއ. ކެލާ ހޮވިއްޖެއެވެ. ދިވެހިރާއްޖޭގެއަޑުގެ “އެންމެ މަޤްބޫލު މަންޒިލް 2020” ޕްރޮގްރާމަކީ 2020 ވަނަ އަހަރުގެ ޖެނުއަރީން އެ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ހޮވާ އެންމެ މަގްބޫލް މަންޒިލް ހޮވަނީ އެހުން ތެރިންގެ ވޯޓުންނެވެ. މިގޮތުން ކެލާ މި […]

ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ކެލާ ކައުންސިލުން ވިއްކަނީ
Thiladhunmathi News

ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ކެލާ ކައުންސިލުން ވިއްކަނީ

ހއ. ކެލާ ކަނޑޫ ފަލުން ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ވިއްކުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. ކެލާ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެރަށު ކަނޑޫފަލުގައި ހިކިފައިވާ ކަނޑޫ ގަސްތައް ނަގާ އަލުން ކަނޑޫ ގަސްތައް އިންދުމަށްޓަކައި މިހާރު ހުރި ހިކި ކަނޑޫގަސްތައް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި މި ކަނޑޫ ގަސްތައް ވިއްކުމަށް ނިންމާފައިވަނީ އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަނޑައަޅާފައިވާ “ކަނޑޫފާތަ...

މާލޭގައި ދިރިއުޅޭ ކެލާ ރައްޔިތުންނާ ކައުންސިލުން މާދަމާރޭ ބައްދަލުކުރަނީ
Thiladhunmathi News

މާލޭގައި ދިރިއުޅޭ ކެލާ ރައްޔިތުންނާ ކައުންސިލުން މާދަމާރޭ ބައްދަލުކުރަނީ

މާލޭ ސިޓީގައި ދިރިއުޅޭ ހއ. ކެލާ ރައްޔިތުންނާއި، އެރަށު ކައުންސިލުން މާދަމާރޭ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. ކެލާ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 21:00ގައި މާލޭގެ އިސްކަންދަރު ސްކޫލްގައި ކަމަށެވެ. މިބައްދަލުވުމާއިގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް “ތިލަދުން”އިން ގުޅާލުމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ވިދާޅުވީ، އެރަށު އާބާދީގެ ބޮޑުބައެއް މާލޭ ސަރަހައްދުގައި ދިރިއުޅޭއިރު، ރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުންފަދަ ރަށާއިގުޅޭ މުހިންމު ކަންކަމުގައި އެ ސަ...