ވިހި ރުފިޔާގެ އާ ނޫޓޫތަކެއް ބޭނުން ކުރަން ފަށައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އާ ނޫޓުތަކެއް ޗާޕު ކުރަން ނިންމީ މިހާރު ހުރި 20ރ. ގެ ނޫޓުގެ ހުސްވާން ކައިރިވުމުން ކަމަށެވެ. މި ނޫޓުތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު13 ވަނަ ދުވަހު ޗާޕުކޮށް، ރާއްޖެ ގެނައި ސްޓޮކެކެވެ.
އަލަށް ޗާޕުކޮށްގެން ނެރުނު 20ރ. ގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމެވެ. އެ ނޫޓުގެ ތާރީހަކީ 01 ޖުލައި 2020، 10 ޛުލްޤަޢިދާ 1441 އެވެ.
އެމްއެމްއޭ އިން ބުނީ އަލަށް ޗާޕުކޮށްގެން މިނެރުނު 20ރ. ގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 20ރ. ގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށެވެ.
Re-print of Rufiyaa 20 with new date and signature issued into circulation on 10 March 2022.https://t.co/xWCFi4v6oK pic.twitter.com/0nfHKyGRFg
— MMA (@MMA_Maldives) March 10, 2022
ރަންދިހަފަހެއް ނެރުމަށްޓަކައި، 2015 ވަނަ އަހަރު ގެނެސް ސްޓޮކް ކުރި 20ރ. ގެ ނޫޓުތައް މި މަސް ނިމެންވާއިރަށް އެއްކޮށް ހުސްވާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެއެވެ.
އެހެންވެ އިގުތިސާދަށް ބޭނުންވާ މިންވަރަށް ނޫޓު އަބަދު ވެސް ލިބޭނެ ވަރަށް ސްޓޮކްގައި ހުންނަން ޖެހޭތީވެ އާ ނޫޓުތަކެއް ނެރުނީ ކަމަށް އެ އިދާރާއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!