ބޮންސާއީ ނުވަތަ ބޮންޒާއީ އަކީ ޖަޕާނުބަހުގެ 'ބޮން' (ޕޮޓު) އަދި ސާއި/ޒާއި (ޓްރީ) މި ދެ ބަސް އެކުވެގެން ޕޮޓެޑް ޓްރީ (ޕޮޓެއްގައި ހުރި ބޮޑުގަހެއް) މި މާނަ ދޭހަކޮށްދޭ ގަހުގެ ވައްތަރެކެވެ. ނުވަތަ ގަސް އިންދައި ހެއްދުމުގެ ފަންނެކެވެ.

ބޮންސާއި ނިކަ ގަހެއް

ބޮންސާއީ އިން ދައްކުވައިދެނީ ފުރާފުރިހަމަވެފައި ހުރި ބިޔަ ބޮޑު ގަހެއްގެ ކުޑަ ނަކަލެކެވެ. ރާއްޖޭގައިވެސް ގަހުގެ މިތަފާތު ފަންނުގެ ވެރިން މަދުމަދުން އުޅެއެވެ.

Ad
rt
ރާއްޖޭގައި ހައްދާ ބޮންސާއި ގަސްތަކެއް

ބޮންސާއީގެ އެތައް ވައްތަރެއް ހުރެއެވެ. އަދި އޭގެ ކޮންމެ ވައްތަރެއްގައި ދެތިން ސްޓައިލް ވެއެވެ. ހުބާ ޕްލާންޓްސް އިން ވާނީ އެވައްތަރުތަކާއި ސްޓައިލްތަކަށް ދިވެހި ނަންތަކެއް ހަދާފައެވެ.

ބޮންސާއި ސްޓައިލްތަކަށް ހުބާ ޕްލާންޓްސް އިން ހުށައަޅާ ނަންތައް

ފޮޓޯއިން އެފެންނަ 'ބޮންސާއީ ވަން އޯ ވަން-އެސެންޝަލް ޓިޕްސް' ފޮތުގައި ވަރަށް ރީތި އަދި އެހާމެ ސާދާކޮށް ބޮންސާއީ ފަންނުވެރިކަން އޮޅުންފިލުވައިދީފައި ވެއެވެ. އެމޭޒަން ބުކްސްޓޯރުން އެފޮތް ގަންނަން ލިބެން ހުރެއެވެ.

'ބޮންސާއީ ވަން އޯ ވަން-އެސެންޝަލް ޓިޕްސް'

ހަމަ މިފަދަ ރަނގަޅު އެހެންފޮތެއް ޕީޑީއެފްކޮށް ތިރީގައިވާ ލިންކުން ލިބޭނެއެވެ.
ލިންކު: https://t.me/hubaPLANTS/773

ބޮންސާއީ ގަސް ތަމްރީނުކުރުމުގައި ކުރާ އެންމެ މުހިއްމު ކަމަކީ ބޮޑުގަހެއްގެ ސިފަ ޖަހާގޮތަށް ގޮފިތައް ފަރުމާކުރުމެވެ. ެޮގޮފިތައް ލަންބުވައި ގުދުލައްވައި ހަދަނީ އެކަމަށް ހުންނަ ނަރު ނުވަތަ ފަލަ ވަޔަރު ނަރު ބޭނުންކޮށްގެނެވެ.

ގޮފިތައް ފަރުމާކުރުމަށް ވަޔަރު އޮޅާފައި

ބޮންސާއި ގަހެއް ތަމްރީނު ކުރާއިރު ބޮޑު ގަހެއް ދުރުން ފެންނައިރު ފަތްތައް އެކީއެކައްޗަކަށް ފެންނާނެ ގޮތް ހިތަށް ގެނެސް އެގޮތަށް ގަހުގެ ފަތްތައް ފަރުމާކޮށްއުޅެއެވެ.

މޫތައްވެސް ހަމަ އެފަދައެވެ. ބޮޑެތި ގަހުގެ މޫތައް ފަދައިން މޫތައް ބިމުން މައްޗަށް އުފުލިފައި ހުންނަގޮތް ދައްކަން މަސައްކަތްކުރަން ޖެހެއެވެ.

މޫތައް ތަމްރީނުކުރަނީ

ގަހުގެ މައިގަނޑުގައި ގުދުލައި ގަސްގަނޑުން ދުވަސްވެފައިވާ ސިފަ ދައްކަން މަސައްކަތްކުރެވެއެވެ.

ގަސްގަނޑާއެކު ވަޔަރު އޮޅާފައި

ފާރުތަކުގެ ބުޑުން ފަޅައިގެން ގިނަ އަހަރުތަކެއް ވެފައި ހުންނަ ނިކަ ގަސް ބޮންސާއި ހެދުމަށް ބޭނުންކުރެވިދާނެ އެވެ. ކުދި ނިކަގަސްތަޖެއް ގަތައިލުމަށްފަހު އެއް މައިގަނޑު ފަރުމާކުރެވިދާނެއެވެ.

ޖޫސް ބޯ ހޮޅި ބޭނުންކޮށްގެން މޫ ބާލުވަނީ

ބޮޑެތި ނިކަ ގަހުގައި ހުންނަގޮތަށް މޫތައް އަވަހަށް ބިމުގައި ޖެއްސުމަށް ޅަމޫތަކަށް ޖޫސްބޯ ހޮޅި ލެއްވިދާނެއެވެ.

ރީތިގަހެއް ބޮންސައި ކޮށްފައި