ހއ. ތަކަންދޫގެ އެކި ސަރަހައްދުތަކަށް ބައެއް ފަރާތްތަކުން ގަވާއިދާއި ޚިލާފަށް ކުނި އަޅަމުން ދާތީ އެކަން އެގޮތަށް ނުކުރުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ.

އެރަށު ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް އެކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ad
rt

އެގޮތުން ރަށުގެ ބައެއް ސަރަހައްދު ތަކަށް އަޅާފައިވާ ކުނި ނަގާ ސާފުކޮށް އެސަރަހައްދުތަކަށް ކުނި ނޭޅުމަށް ބޯޑު ތަކެއް ވަނީ ޖަހާފައެވެ. އަދި ކުނިއެޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުނޫން ސަރަހައްދު ތަކަށް ކުނި އަޅާނަމަ އެފަރާތަކާއިމެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެކައުންސިލުން ވަނީ އަންގާފައެވެ.

މީގެ އިތުރުން ރަށުތެރެ ސާފުތާހިތުކޮށް ބޭއްވުމަށް ފަރުދީ ގޮތުން ހުރިހާ ބޭފުޅުންވެސް ކައުންސިލަށް އެއްބާރުލުން ދެއްވާ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދަށް ކުނި އެޅުމަށް އެކައުންސިލުން ވަނި އެރަށު ރައްޔިތުންގެ ފަރާތުން އެދިލައްވާފައެވެ.