ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އާއި އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އާ ގުޅިގެން ޕްރީ ސްކޫލް މަރުޙަލާގައި ކިޔަވައިދޭން ޚާއްޞަކޮށްގެން ފޮތް ސެޓެއް އެކުލަވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން މަޢުލޫމާތު ދެއްވި ގޮތުގައި މި ފޮތް ސެޓްގައި ހިމެނެނީ ޖުމުލަ 40 ފޮތެވެ. މި ފޮތްތަކަކީ، ބޭބީ ނާސަރީ، ނާސަރީ، ޖޭކޭޖީ، އެސްކޭޖީ މި ހަތަރު މަރުޙަލާގެ ފޮތްތަކެވެ.

Ad
rt

މިފޮތްތައް ތައްޔާރުކުރެވޭ ދާއިރާތަކަކީ، އިސްލާމް، ދިވެހި، ޤުުރުއާން، ހިސާބު، އިނގިރޭސި، ސޯޝަލް ސްޓަޑީސް، ސައެންސް އެންޑް ޓެކްނޮލެޖީ، ކްރިއޭޓިވް އާރޓްސް، ހެލްތު އެންޑް ވެލްބީން އަދި ވެލިއުސް އެންޑް އެތިކްސް އެވެ.

މި އިން ކޮންމެ ދާއިރާއަކުން ހަތަރު މަރުޙަލާގެ ފޮތް ހިމެނޭނެއިރު މި ފޮތްތައް އެކުލަވާލެވެނީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ މަންހަޖަށް ރިޢާޔަތްކޮށް، އެ އިންސްޓިއުޓްގެ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު، އަދި ކަރިކިއުލަމް ޑިވެލޮޕަރ އަލްފާޟިލާ މަރިޔަމް ޝަޒްނާއެވެ.

މަރިޔަމް ޝަޒްނާއަކީ އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ތިންކު ޓޭންކުގެ މެންބަރެއްކަމަށް ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން މަޢުލޫމާތު ދެއްވި އެވެ.