ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތަކުން ކުނި އުކާލާއިރު އަޅަން ޖެހޭ ތަންތަނަށް ކިނި އަޅަން ވެމްކޯއިން ހަނދާން ކޮށްދީފިއެވެ.
ވެމްކޯއިން މިހެން ހަނދާން ކޮށްދިނީ ހިޔާ ސަރަހައްދުގެ އެކި ތަންތަަނަށް މީހުން ކުނި އަޅާތީއެވެ. އެގޮތުން ޑަސްބިން ބަހައްޓާފައި ހުރި ތަންތަނަށް ބަރު ކުނި ވެސް ދަނީ އަޅަމުންނެވެ.
ބަރު އަދި ބޮޑެތި ކުނިތައް ޑަސްބިން ބަހައްޓާފައި ހުރި ތަނަށް އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް ވެމްކޯއިން ބުނީ އެފަދަ ކުނި އެތަނަށް ނޭޅުމަށް އެދޭ ކަމަށެވެ. އަދި އެފަދަ ކުނި އަޅަން ތަނެއް ކަނޑައަޅާފައިވާއިރު އެތަނަށް އެފަދަ ކުނިނއަޅޞަް ވަނީ އެދިފައެވެ.
ބޮޑެތި ކުނި ވެމްކޯއިން އުކަނީ ވަކިންނެވެ. އެ ކުންފުނީގެ ވެހިކަލްތަކުގައި އާއްމުކޮށް އުކައި އުޅެނީ ގެތަކުގައި ދުވަހުން ދުވަހަަށް އުފައްދާ ކުންޏެވެ.
ހުޅުމާލެ ހިޔާފްލެޓްގައި ވެމްކޯއިން ޑަސްޓްބިން ބަހައްޓާފައިވާ ސަރަހައްދަށް ގިނައަދަދަކަށް ބަރު އަދި ބޮޑެތި ކުނި ޖަމާކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ކުނި އުކާލުމަށް ހަމަޖައްސާފައިވާ ސަރަހައްދަށް ގެންދިޔުމަކީ މިކޯޕަރޭޝަންގެ ވަރަށް ބޮޑު އިލްތިމާސްއެކެވެ. pic.twitter.com/6Vof5Z1M68
— Waste Management Corporation Limited (WAMCO) (@WAMCOmv) January 28, 2022
ވެމްކޯއިން ހިޔާ ސަރަހައްދުގައި ކުނި ނަގަނީ ބިލު ނުކޮށެވެ. އެ ކުންފުނިން މި ހިދުމަތައް ބިލް ކުރުން ލަސްކުރީ އެ ސަރަހައްދަށް ގިނަ ބަޔަކު ބަދަލުވާތީ އެ މީހުންނަށް ލުއި ދިނުމުގެ ގޮތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!