އަންނަ މަހުން ފެށިގެން ހުޅުމާލޭގެ ގޭބިސީތަކުން ކުމި ނަގާ ވަގުތުތައް ބަދަލުވާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން ކުނި ނަގާނީ ހަވީރު 6:00ން ރޭގަނޑު 11:00 އާ ދެމއދު ކަމަށެވެ. ނަމަވެސް ހަވީރު 5:00 ން ފެށިގެން ކުނި ކޮތަޅުތަކުގައި ބަންދު ކޮށް އެޕާޓްމަންޓު ބޭރަށް ނެރެދިނުމަށް ވެމްކޯއިން އެދެއެވެ.

Ad
rt

ވެމްކޯއިން ބުނިގޮތުގައި މި ބަދަލު ގެނައީ ހުޅުމާލެއަށް މިހާރު ގިނަ ބަޔަކު ބަދަލުވަމުން ދާތީ މަސައްލަތްތައް ބައްޓަންކޮށް ރުކުރުވާލުމަށެވެ.

އެ ކުންފުނިން ކުނި ނެގުމުގެ ހިދުމަތް ދޭނީ ރަޖިސްޓްރީކޮށް، ބިލުތައް ދައްކާ ކަސްޓަމަރުންނަށެވެ. އެހެންވެ، އެންމެންވެސް އެ ހިދުމަތަށް ރަޖިސްޓްރީވުމަށް ވެމްކޯއިން އެދެއެވެ.

ވެމްކޯ މެދުވެރިކޮށް ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެއެވެ.