މާދަމާ ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗުގެ ދެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

މި ފުރުސަތުގެ ދަށުން އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީގެ މެސްކޮޓް ލައްވައި ގޯލެއް ޖަހައިގެން ދެ ޓިކެޓު ލިބިދާނެއެވެ.

Ad
rt

އުރީދޫން ވަނީ އެ ކުންފުނީގެ މޫލީ ފޭސްބުކް ޕޭޖުގައި މިކަމަށް ހާއްސަ ޕޯސްޓެއް ޝެއާކޮށްފައެވެ. މި ޕޯސްޓުގައި ފެންނަ ވީޑިއޯގައި މޫލީ ގޯލު ޖަހާތަން ސްކްރީންޝޮޓް ނެގުމަށް ފަހު އެ ސްކްރީންޝޮޓް ކޮމެންޓު ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މިގޮތަށް ކޮމެންޓު ކުރާއިރު އުރީދޫ ސާފް ޗެމްޕިއަންޝިޕް ހޭޝްޓެގް ބޭނުންކުރަން ޖެހޭނެއެވެ.

މި ފުރުސަތު އުރީދޫން ހުޅުވާލާފައިވަނީ މިއަދު ހަވީރު 6:00 އާ ހަމައަށެވެ.

Help Moolee score a goal & Win 2 tickets to #OoredooSAFFChampionship2021 Matchday 5!

🟪 Help Moolee score a goal
🟪 Screenshot the goal & Post in comments
🟪 Tag a friend

Keep posting till 12th Oct, 6pm. 🥳

Posted by Moolee on Sunday, October 10, 2021

މާދަމާރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ ރޭގަނޑު 9:00 ގައެވެ.