ސްޓޭޓް ޓްރޭޑިން ކޮމްޕެނީ (އެސްޓީއޯ) އިން ތެޔޮ ވިއްކާ އަގުތައް ތިންވަނަ ފަހަރަށް ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 11.16ރ. އަށް ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 11.84ރ. އަށް ކަމަށެވެ. މިދިޔަ ޖުލައި މަހު ގެނައި ބަދަލާއެކު މިހާތަނަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 10.72 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 10.95 ރުފިޔާއަށެވެ.

Ad
rt

އެ ކުންފުނިން ބުނި ގޮތުގައި މި ބަދަލީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި ވާތީ އައި ބަދަލެކެވެ. އެގޮތުން، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ތެލުގެ އަގު ނުއުފުލޭވަރަށް މިހާރު އުފުލިފައިވާ ކަމަށާއި އެ ކުންފުންޞަށް ތެޔޮ ލިބެނީވެސް އަގު ބޮޑުކޮށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 80.89 ޑޮލަރު (1،247ރ.) އަށް އަރައިފައެވެ.