އދ. އިން އެކުލަވާލާފައިވާ ބައިނަލްއަޤުވާމީ ތިން މުއާހަދާއެއްގައި މިއަދު ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި މުއާހަދާތަކުގައި ރަސްމީކޮށް ރާއްޖެއިން ބައިވެރޮވެފައިވާކަން ޚާރިޖީ ވުޒާރާއިން މިއަދުވަނީ ހާމަކޮށްފައެވެ.

އެގޮތުން މިއަދު ރާއްޖެއިން ރަސްމީކޮށް ބައިވެރިވެފައިވާ މުއާހަދާތަކަކީ ޔޫއެން އާމްސް ތްރޭޑް ޓްރީޓީ، ޔޫއެން ކްލަސްޓާ މިއުނިޝަންސް ކޮންވެންޝަން އަދި ތާޑް އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮފް ދަ ރައިޓްސް އޮފް ދި ޗައިލްޑް އެވެ.

Ad
rt

މި ތިން މުއާހަދާގައިވެސް ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ. އެގޮތުން އާމްސް ތްރޭޑް ޓްރީޓީ އާއި ކްލަސްޓާ މިއުނިޝަން ކޮންވެންޝަންގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފައިވަނީ މި މަހުގެ ކުރީކޮޅުއެވެ.

މި މުއާހަދާތަކަށް ބަލާއިރު އާމްސް ޓްރޭޑް ޓްރީޓީ އަކީ ހަތިޔާރުގެ ވިޔަފާރިއާ ބެހޭ މުއާހަދާއެކެވެ. ކްލަސްޓާ މިއުނިޝަން އަކީ ކްލްސްޓާ ގޮވާތަކެއްޗާ ބެހޭ މުއާހަދާއެކެވެ. މިފަދަ ގޮވާއެއްޗަކީ ވަރަށް ނުރައްކާތެރި، އަދި އޭގެ އަސަރު އެތައް ބަޔަކަށް ކުރާ ބޮމުގެ ވައްތަރެކެވެ. ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ މުއާހަދާގެ ތިންވަނަ އޮޕްޝަނަލް ޕްރޮޓޮކޯލް އަކީ އިހުތިޔާރީ މުއާހަދާއެކެވެ.

މި މުއާހަދާތަކުގައި ސޮއިކޮށް، އދ.ގެ ލީގަލް އޮފީހަށް ހުށަހެޅުއްވީ މިނިސްޓަރު އަބްދުﷲ ޝާހިދުކަމަށް، ފޮރިން މިނިސްޓްރީން މިއަދު ބުނެފައިވެއެވެ.