2018 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މަރިޔަމް ޒަލްހާ ޒާހިރު ހއ. ކެލާ ބަށިމާގެއެވެ.

ަރިޔަމް ޒަލްހާ ޒާހިރުވަނީ 2018 ވަނަ އަހަރުގެ ސްކޫލު ކެޕްޓަން ކަން ކުރުމުގެ އިތުރުން 2016، 2017 ގައި ސްކޫލުގެ ވައިސްކެޕްޓަންކަންވެސް ކޮށްފައެވެ. މީގެ އިތުރުން މަރިޔަމް ޒަލްހާ ޒާހިރުވަނީ އަދަބީ ޙަރަކާތްތަކާއި، ކޯކަރިކިއުލާ ޙަރަކާތްތަކުގައި ވެސް އަތޮޅާއި ޤައުމީ ފެންވަރުގައިވެސް ކާމިޔާބީތަކެއް ހޯދާފައެވެ.

Ad
rt

ތަޢުލީމީ ގޮތުން އެންމެ މޮޅުދަރިވަރުގެ މަޤާމު ޙާޞިލް ކޮށްފައިވަނީ ވޭތުވެ ދިޔަ އަހަރު އޯލެވެލް ޓޮޕްޓެންއިން 10 ވަނަ ޙާޞިލް ކޮށްފައިވާ ޝެއިޚް އިބްރާހީމް ސްކޫލުގެ ދަރިވަރު ޢަބްދުﷲ ޔާސިރު އައްސޭރި ހއ. ކެލާއެވެ. ޢަބްދުﷲ ޔާސިރަކީ ވޭތުވެ ދިޔަ 2018 ވަނައަހަރު ސްކޫލު ވައިސް ކެޕްޓަނެވެ.

ހއ. ކެލާ ޝެއިޚް އިބްރާހީމު ސުކޫލުގެ 2018 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު 26 ސެޕްޓެންބަރ 2019 ގައި ވަނީ ބޭއްވިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީއޮފް އެޑިޔުކޭޝަންގެ ސްޓޭޓު މިނިސްޓަރ އަލްފާޟިލް އަޙްމަދު ރިޔާޒެވެ. އަރިހުގައި ރައްޔިތުންގެ މަޖުލީހުގެ ކެލާދާއިރާގެ ޢިތްޒަތްތެރި މެންބަރ އަލްފާޟިލް އިބްރާހީމް ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

2018 ވަނަ އަހަރު ޝެއިޚް އިބްރާހީމް ސްކޫލުން އެސް.އެސް.ސީ އާއި އައި. ޖީސީ. އެސް.ސީ އަދި އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 80.64 އިންސައްތަ ދަރިވަރުން ވަނީ ފަސްމާއްދާއިން މަތިން ފާސަވެފައެވެ.