ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދިޔަ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ ހދ އަތޮޅުގެ ޗެންޕިއަންކަން ނައިވާދޫ ހޯދައިފިއެވެ.

ފައިނަލުގައި މަކުނުދޫއާއި ބައްދަލުކުރި މެޗް 5-1 ނަތީޖާއަކުން ކާމިޔާބުކުރީ ނައިވާދޫއެވެ. ނައިވާދޫގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދީފައިވަނީ ޖާރޒީ ނަންބަރ 8 އަޙްމަދު ހަމީދުއެވެ. މުޙައްމަދު އަސްލަމް (7) އާއި މުޙައްމަދު ނާޝިދު ވަނީ ނައިވާދޫއަށް 2 ގޯލް ކާމިޔާބުކޮށްދީފައެވެ.

Ad
rt

މަކުނުދޫ ޓީމްގެ ހަމައެކަނި ގޯލް ކާމިޔާބް ކޮށްދިނީ ސައްމޫން އަބްދުﷲ (8) އެވެ. އެންމެ ގިނަގޯލް ޖެހި ކުޅުންތެރިއާއަށް ހޮވިފައިވަނީ ނައިވާދޫ ޓީމްގެ މުޙައްމަދު އަސްލަމް އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިވާދޫ ޓީމްގެ އަޙްމަދު ހަމީދުއެވެ.

ހދ. އަތޮޅުގެ ފަރާތުން މި މުބާރާތުގައި ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ، ކުމުންދޫ، ނޭކުރެންދޫ، ނައިވާދޫ ނޮޅިވަރަންފަރު، މަކުނުދޫ، ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ.

ހދ. އަތޮޅުގެ ބުރު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައިރު، ފުރަތަމަ ގުރޫޕުގައި ހިމެނެނީ ކުމުންދޫ، ނޭކުރެންދޫ، ނައިވާދޫ އަދި ނޮޅިވަރަންފަރެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ މަކުނުދޫ ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ.