މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފި އެވެ.
މި އަހަރު ރާއްޖޭގެ 194 ސްކޫލަކުން 7000 އަށްވުރެ ގިނަ ދަރިވަރުން ވަނީ އިމްތިހާނުގައި ބައިވެރިވެފައެވެ. މީގެ އިތުރުން އަމިއްލަ ސެންޓަރުތަކުން ވެސް ވަނީ އިމްތިހާނުގައި ބައިވެރިވެފައި ވެ އެވެ.
ނޮވެމްބަރު 12ގެ ނިޔަލަށް ކުރިއަށް ދާ މި އިމްތިހާނުގައި މިއަދު އޮތީ އިސްލާމް ޓެސްޓެވެ.އޯލެވެލް އިމްތިހާނު މިއަދު ފެށިއިރު އަންނަ މަހުގެ ހަ ވަނަ ދުވަހު އޭލެވެލް އިމްތިހާނު ވެސް ފަށާނެ އެވެ.
އޯލެވެސް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުވެ ގައުމީ ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!