ޗައިނާގެ 18 އަހަރުން ދަށުގެ ކުޑަކުދިންނަށް އޮންލައިން ގޭމްތަކުގެ ސަބަބުން ނުރައްކާ ބޮޑުވެފައިވާތީ، ގޭމް ކުޅެވޭ ވަގުތު މަދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.
އެޤައުމުގެ އޮންލައިން ގޭމިންގް ޕްލެޓްފޯމްތަކުން ބުނެފައިވަނީ ގޭމް ކުޅުމަށް ކުޑަކުދިން އެޑިކްޓްވެފައިވާކަމަށާއި، މިކަމަށް އޮތް ހަމައެކަނި ހައްލަކީ ގޭމް ކުޅުމަށް ހޭދަވާ ވަގުތު މަދުކުރުންކަމަށެވެ.
ބްލޫމްބަރގް ސައިޓިންގެ ސްޓޭޓް މީޑިއާއިން އާންމުކޮށްފައިވާ ގޮތުގައި އަންނަ ހަފްތާއިން ފެށިގެން އޮންލައިންކޮށް ގޭމް ކުޅެވޭނީ ހަތްފާއަކު 3 ގަޑިއިރަށްކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ގޭމް ކުޅެވޭނީ ހަފްތާ ބަންދު ތިން ދުވަހުގެ 8 ކާއި 9 އަކާއި ދޭތެރޭގައެވެ. މީގެ ކުރިން ކޮންމެ ދުވަހެެއްގެ ދޮޅުގަޑި އިރު ގޭމް ކުޅުމުގެ ހުއްދަދީފައިވެއެވެ.
މިޤަވާއިދުތަކަށް އަމަލުކުރަން ފެށުމުން ގޭމް ކުޅުމަށް މީހުން ދެވިހިފާފައިވާ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށްވެސް ޚަބަރުތަކުގައި ބުނެފައިވެއެވެ.
އޮންލައިން ގޭމް ކުޅެމުން އަންނަ ޒުވާން ކުދިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ސްކޫލްތަކާއި ބެލެނިވެރިންނާއި އެކު މަޝްވަރާތައްކުރުމަށް ނިންމާފައިވާކަމަށްވެސް ރެގިއުލޭޓަރުން ބުނެފައިވެއެވެ.
ޗައިނާއިން އެކުލަވާލާފައިވާ މި ޤަވައިދަކީ ސްޓޭޓް މީޑިއާއިން ޕަބްލިޝްކޮށްފައިވާ އާޓިކަލްއަކާއި ގުޅިގެން އެކުލަވާލެވުނު ޤަވައިދެއްކަމަށް ހާމަކޮށްފައިވެއެވެ. މިޑިއާއިން ބުނެފައިވާ ގޮތުގައި އޮންލައިން ގޭމް ކުޅުމަކީ ހުއްޓުވަން އުނދަގޫކަމެއްކަމަށް ހާމަކޮށްފައިވެއެވެ.
މިގަވާއިދުތަކަށް އަމަލުކުރުމަށް އޮންލައިން ގޭމިންގް ކޮމްޕެނީތަކަށް އިރުޝާދު ދީފައިވާއިރު އެ ގަޑިން ބޭރުގައި ކުދިން ގޭމް ކުޅުން ހުއްޓުވުމަށް ވަނީ އަންގާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!