އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތަކުން ހިލޭ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތައް ރިޗާޖު ކުރާ ކޮންމެ ފަހަރަކު 50 އިންސައްތަ އިތުރުޑޭޓާ ލިބޭނެއެވެ.
ފަސޭހަ ބްރޯޑްބޭންޑު ޕެކޭޖުތަކުގެ ތެރޭގައި 20ޖީބީ އާއި 50ޖީބީ އާއި 60ޖީބީ އާއި 120ޖީބީ އާއި 180ޖީބީ އަދި 500ޖީބީގެ ޕެކޭޖުތައް ހިމެނެއެވެ.
އެހެންކަމުން މިޕްރޮމޯޝަނުގެ ދަށުން 20ޖީބީގެ ޕެކޭޖެއް ރީޗާޖު ކުރުމުން އިތުރު 10ޖީބީ އާއެކު ޖުމްލަ 30ޖީބީ ލިބޭނެއެވެ. އަދި 50 ޖީބީ ރިޗާޖު ކުރުމުން 75 ޖީބީ، 60ޖީބީ ރިޗާޖުކުރުމުން 90ޖީބީ، 120ޖީބީ ރިޗާޖު ކުރުމުން 180ޖީބީ، 180ޖީބީ ރިޗާޖު ކުރުމުން 270ޖީބީ އަދި 500ޖީބީ ރިޗާޖު ކުރުމުން 750ޖީބީ ލިބޭނެއެވެ.
✨Limited Time Offer✨
Faseyha Home Broadband customers can now enjoy 50% more data with every recharge. #EnjoyTheInternet and stay connected with your friends and family.
Activate via https://t.co/jStb2I6ikk pic.twitter.com/62crxH7lzK
— Ooredoo Maldives (@OoredooMaldives) August 29, 2021
އުރީދު ފަސޭހަ ހޯމް ބްރޯޑް ބޭންޑް ޕެކޭޖުތައް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ރިޗާޖު ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!