އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދަމުން އަންނަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވޯޑުތަކުގައި މެޑިކަލް ގްރޭޑުގެ އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ކުރުމަށް، ބަޔަކާ ހަވާލުކޮށްފިއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ގްރީން ސިސްޓަމް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ވޯރޑްތަކުގައި މެޑިކަލް ގްރޭޑްގެ އެއަރ ކޮންޑިޝަން ހަރުކުރުމުގެ އެއްބަސްވުމުގައި ގްރީން ސިސްޓަމް ޕްރައިވެޓް ލިމިޓެޑް އާއިއެކު ސޮއިކުރުން.@ameenex pic.twitter.com/W93oRCgRCF
— Ministry of Health (@MoHmv) September 26, 2019
ކުޅުދުއްފުށީ ހޮސްޕިޓަލުގައި މެޑިކަލް ގްރޭޑުގެ އެއަރކޮންޑިޝަން ސިސްޓަމް ހަރުކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފައިވާއިރު، ރާއްޖޭގެ އެހެން ތިން ރީޖަނަލް ހޮސްޕިޓަލެއްގެ ވޯޑުތައް އެއަރކޮންޑިޝަން ކުރުމަށްވެސް، ހެލްތު މިނިސްޓްރީން ވަނީ ކުންފުނިތަކަކާ ހަވާލުކޮށްފައެވެ. އެއީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.
މީގެއިތުރުން، ހދ. ނައިވާދޫ ސިއްހީ މަރުކަޒުގެ ޕޯޓިކޯ ހެދުމަށާއި އެހެން މަރާމާތުތައް ކުރުމަށްވެސް މިއަދުވަނީ ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ.
ހދ.ނައިވައިދޫ ޞިއްޙީ މަރުކަޒުގެ ޕޯޓިކޯ ހެދުމާއި ކުރަންހުރި މަރާމާތުގެ މަސައްކަތް ކުރުމަށް އެއިމް ކޮންސްޓރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއިއެކު އެއްބަސްވުމުގައި ސޮއިކުރުން@ameenex pic.twitter.com/EIFtiL4uuh
— Ministry of Health (@MoHmv) September 26, 2019
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!