އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމަށް ކުމުންދޫ އަލީ ގާސިމް އައްޔަން ކުރައްވައިފިއެވެ.
އަލީ ގާސިމްއަށް ވަޒީފާގެ ލިއުން މިއަދު ހަވާލުކޮށްފައިވާއިރު އަންނަ އާދިއްތަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނާނެކަމަށް ތިލަދުންއަށް މަޢުލޫމާތު ލިބިފައިވެއެވެ. މިމަގާމް އަލީ ގާސިމް އަށް ހަމަޖެހިފައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައިކަމަށް މިނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކުމުންދޫ އަލީ ގާސިމް އަކީ 2014 ވަނަ އަހަރު މަކުނުދޫ ދާއިރާއަށް ވާދަކުރައްވާފައިވާ ފަރާތެކެވެ. އަނާރާ ނައީމް އާއި ވާދަކުރައްވާ 787 ވޯޓު ހޯއްދަވާފައިވެއެވެ. އަދި މިސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށް މިދިޔަ މަޖްލިސް އިންތިހާބުގައި އެމްޑީޕީގެ މެންބަރުން އިންތިހާބުކުރުމަށް ދާއިރާގައި މަސައްކަތްކުރި ފަރާތެއްގެ ގޮތުގައި ފާހަގަ ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!