ށ. ފީވަކުން އިތުރު ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވުމާއެކު އެރަށު ރައްޔިތުން އިތުރަށް ސަމާލުވުމަށް ފީވަކު ކައުންސިލުން އެދެފިއެވެ.

ފީވަކު ކައުންސިލުން ވިދާޅުވީ، މިމަހު 24 ވަނަ ދުވަހު އެރަށުން ނެގި ސާމްޕަލްތަކުން އަލަށް 2 މީހަކު ޕޮޒިޓިވްވެފައިވާތީ، ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަށް އެދޭކަމަށެވެ.

Ad
rt

"ސަބަބަކީ މި 2 މީހުންގެ ތެރޭގައި ބިދޭސީއެއް ހިމެނޭތީއެވެ. ބިދޭސީންނަކީ ގޭގެއަށް ގޮސް މަސައްކަތުގައި އުޅޭ ފަރާތްތަކަކަށްވާތީ، ރައްޔިތުން ސަމާލުވުމަށް ދަންނަވަން" ފީވަކު ކައުންސިލުން ވިދާޅުވެފަވެއެވެ.

ބިދޭސީއަކު ހިމެނޭހެން އިތުރު މީހަކު ފީވަކުން ޕޮޒިޓިވްވެފައިވާއިރު މިވަގުތު ވެސް އެރަށުގައި ބަލި ޖެހިފައިވާ 20 މީހަކު އެބަތިއްބެވެ. އަދި މިހާތަނަށް އެރަށުން 116 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެރަށުން މިހާތަނަށް ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 136 އެވެ. އަދި މިވަގުތު ފީވަކުގެ 8 ގެ އެއްގައި ބަލިޖެހިފައިވާ މީހުން އެބަތިއްބެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އަދިވެސް އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.