އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ބޭރަށް ހިންގުން އިތުރުވަމުން ދާތީ ސަމާލުވުމަށް ނެއްލައިދޫ ސިއްހީ މަރުކަޒުން އިލްތިމާސް ކޮށްފިއެވެ.

ނެއްލައިދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފަދަ ބަލިތަކަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތަކަކަށް ވާތީ، މިފަދަ ރޯގާތައް ފެތުރުން ހުއްޓުވުމަށް މިކަމުގައި އިސްދައުރެއް ފަރުދީ ފެންވަރުގައި އަދާކ،ުރުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކޭ ކަމަށެވެ. އެގޮތުން ތިރީގައި ވާ ކަންކަމަށް ސަލާމުކަން ދެއްވުމަށް އެ މަރުކަޒުން އެދެއެވެ.

Ad
rt

އަރިދަފުސް ރޯގާ އައި ވައިރަލް ހުމުން ރައްކާތެރިވުމަށް:

  • ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމާއެކު، މިކަމަށް ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން.
  • ސައިބޯނިލައިގެން ރަނގަޅަސް އަތް ދޮވުން.
  • މީހުން އެއްވެއުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނެގެންދިއުން
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
  • ގިނަގިނައިން ދިޔާ އެއްޗެހި ދިނުން
  • ޕެރަސެޓަމޯލް ފިޔަވާ އިތުރު ބޭހެއް އަމިއްލައަށް ބޭނުންނުކުރުން
  • ހުން އައިސް 3 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުން
  • މަގުމައްޗަށް ކުޅު ޖަހަނަމަ މަގުގެ އެއްކައިރިއަށް ކުޅުޖެހުން، އަދި ކުޅުޖެހުމަށްފަހު ފަސްލުން

ބޭރަށް ހިންގުމުން ރައްކާތެރިވުމަށް:

  • ސާފުފެން ބިއުމަށް ބޭނުންކުރުން. ވާރޭފެން ބޭނުންކުރާނަމަ ކްލޮރިނޭޓް ކޮށްގެން ނުވަތަ ކައްކައިގެން ބޭނުންކުރުން. އަދި ވާރޭފެން ނަގާނަމަ ފުރާޅު ރަނގަޅަށް ސާފުތާހިރުކުރުމަށް ފަހު ފެންނެގުން.
  • ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުން ކުރުން. އަދި ރޯކޮށްކެވޭ ކާނާވެސް ރަނގަޅަށް ދޮވެގެން ބޭނުންކުރުން.
  • ކެއުމުގެ ކުރިންނާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން، ހާއްސަކޮށް ފާހާނަކުރުމަށް ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން.
  • ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހު އޮތްދޮވުމާއި، އަދި ބޭނުންކޮށްފައިވާ ނެޕީ ރައްކާތެރިގޮތުގައި ނައްތާލުން.
  • ކާބޯތަކެތީގައި މެހި ނުޖައްސާނެހެން މަތިޖަހާފައި ބެހެއްޓުން، އަދި ތާޒާކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނެހެން ރައްކާކުރުން.
  • ބޭރަށް ހިންގުން ޖެހިއްޖެނަމަ ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން، ހާއްސްކޮށް ލޮނުޕެކެޓް ބޭނުންކުރުން. އަދި ތުއްތު ކުދުން ނަމަ ގާތުން ކިރުދިނުން ކުރިއަށް ގެންދިޔުން.
  • ބޭރަށް ހިންގުން ރަނގަޅު ނުވާނަމަ ނުވަތަ ދިޔާ އެއްޗެހި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ ލަސްނުކުރައްވާ އަވަހަށް ޑޮކްޓަރެއްގެ ނުވަތަ ސިއްހީ ހިދުމަތްތެއެއްގެ ލަފާ ހޯދުން.
  • ރަށުތެރޭގައާއި ގޯތިތެރޭގައި ކުނި ޖަމާވިޔަނުދީ ގޯތިގެދޮރު ސާފުތާހިރުކޮށް ބެހެއްޓުމާއި ކުނިވާޒާތުގެ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން.