ހދ. ކުޅުދުއްފުށި ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު މެންދުރު 13:15 އެހާކަންހާއިރު ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އެ އޭގައި ދިރިއުޅޭ 22 އަހަރުގެ މީހަކު އެގޭގައި ފާހާނައެއް ގޮތަށް ހުރި ތަނެއްގެ ތެރޭގައި ކަރަންޓު ކޭބަލްތަކެއްގައި ރޯކޮށްލުމާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad
rt

ފުލުހުން ވިދާޅުވީ ކަރަންޓު ކޭބަލްތަކުގައި އޭނާ އަލިފާން ރޯކޮށްލާފައި ވަނީ އެ ކޭބަލްތަކަކީ އޭނާ ވަގަށް ނަގާފައިވާ ތަކެތިކަމަށްވުމުން އިސިއުލޭޝަން ދާފަރާ ނައްތާލުމަށް ކަމަށް ބެލެވޭ ކަމަށެވެ.

ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ނުވެ އެމްއެންޑީއެފް ފަޔަރ އެންޑު ރެސްކިއުން ވަނީ އަލިފާން ނިއްވާލާފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަދި ގެއަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުނެއެވެ. އަލިފާން ރޯކޮށްލި މީހާ ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.