އުތުރުން މަސް ބާނައިގެން ކޫއްޑޫއަށް ދާނަމަ ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން 20 ފީފާގެ ތެޔޮ ހިލޭ ދޭން ނިންމައިފި އެވެ .

ރާއްޖޭގެ އުތުރުން ބާނާ މަސް ކިރުވުން އަވަސް ކުރުމަށްޓަކައި ގއ.ކޫއްޑޫއަށް ފޮނުވުމަށް މަަސްވެރިންނަށް އިނާޔަތެއް ދިނުމަށް ނިންމާފައިވާކަމަށް މިފްކޯއިން ވެސް ވަނީ ބުނެފައެވެ

Ad
rt

އެސްޓީއޯ އިން ބުނީ މިއީ ބޭކާރު ތެޔޮ އަންދައިގެން މަސްކިރަން ދާން ޖެހޭ ޖެހުމަށް ލުއެއް ދިނުމުގެ ގޮތުން ދޭ އިނާޔަތެއް ކަމަށެވެ.

މިހާރު އުތުރުގެ މަސްވެރިކަން ރަނގަޅު ވެފައި ވާއިރު ގިނަ އަދަދަކަށް ދެކުނުގެ މަސްވެރިން މަސް ބާނަން އެ ސަރަހައްދަށް ދާ ކަމަށް ފާހަގަކުރެވެ އެވެ.

އެހެންކަމުން މަސް ކިރުމަށްޓަކައި ފެލިވަރަށް ދާ މަސް ދޯނި ފަހަރުގެ އަދަދު ވަނީ އިތުރުވެފަ އެވެ.

މަސްވެރިންނަށް ކޫއްޑު އަށް ދާން ތެޔޮ ފޯރުކޮށްދިނުމަކީ މަސް ކިރުވުމަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމެއް ކަމުގައި ވެސް އެ ކުންފުނިން ބުނެ އެވެ.

މިފްކޯއިން ބުނީ މަސް ކިރުވުމާއި ސްޓޯރކުރުމުގައި މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިފްކޯއިން މިހާރު މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ފެލިވަރުގެ މަސް ބަންދުކުރާ ފެކްޓްރީގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ފަންޑިންގ ލިބިފައިވާކަމަށާއި މި މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.