އިންޑޮނޭޝިޔާ އުޑުމަތީ ރަތްކުލައަށް ބަދަލުވެއްޖެއެވެ.

އިންޑޮނޭޝިޔާގެ އުޑުމަތި ރަތްވެފައިވަނީ، އިންޑޮނޭޝިއާގެ ޖަންގަލީގައި އަލިފާންގަނޑެއް ރޯވެ، ދުމުގެ އަސަރުތައް ކުރުމުންދާތާ އެތައް ދުވަހެއް ފަހުންނެވެ.

Ad
rt

ބީބީސީ އަށް މައުލޫމާތު ދެމުން އިންޑޮނޭޝިޔާގެ ރައްޔިތަކު ބުނެފައިވަނީ މިގޮތަށް މަޑު ރަތްކުލަ އެއް އަރާފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި ނަމަވެސް، މިފަހުން ރަތްކުލަ ވަރަށް ގަދަވެފައިވާ ކަމަށެވެ.

މިގޮތަށް އުޑުމަތި ރަތްވެފާ މިވަނީ އަލިފާނުން އަރާ ދުމުގެ ސަބަބުން ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. އަދި މިގޮތަށް މިވަނީ "ރޭލީ ސްކެޓަރިންގް" ގެ ސަބަބުން ކަމަށްވެސް އެ އިދާރަކުން ބުނެއެވެ.