ހއ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގެ ހަތަރު ކްލާސްރޫމުގެ ދެ ބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

އެ ސްކޫލުން ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސްކޫލުގެ އައު އިމާރާތް އެޅައިދޭނެ ފަރާތެއް ހޯދުމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ކުރި އިއުލާނު ބާތިލްކޮށް، އަލުން އެ ފުރުސަތު ހުޅުވާލާކަމަށެވެ.

Ad
rt

އެގޮތުން އެ ސްކޫލުގައި އިމާރާތްކުރަން ފަށާފައިވާ ހަތަރު ކްލާސް ރޫމު ދެބުރި އިމާރާތުގެ ނުނިމިހުރި ކޮންޓްރެކްޓިން މަސައްކަތް އެ ސްކޫލުން ދައްކާ ކުރެހިމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތާއި ބެހޭ މައުލޫމާތު ބައްދަލުވުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ 13:00 ގައި އުތީމު ސްކޫލުގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ 13:00 ގައި އެ ސްކޫލުގައެވެ.