ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ ގޭބިސީތަކަށް ޢީދު ހަދިޔާ ބަހައިފިއެވެ.
ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން 19 ޖުލައި 2021 ވީ ހޯމަ ދުވަހު ހަވީރު ވަނީ އެ ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއެއްގެ އިތުރުން، އެ ރަށުގެ އޮޑިދޯނިފަހަރުގައި އުޅޭ ފަރާތްތަކަށް ވެސް މި ހަދިޔާ ބަހާފައެވެ.
މި ހަދިޔާތައް ބެހުމުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ ވެސް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް މެމްބަރުންނެވެ.
މި ހަރަކާތާއި ގުޅޭގޮތުން "ތިލަދުން"އަށް މަޢުލޫމާތު ދެއްވަމުން ފީވަކު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ މަރިޔަމް ރީޝާ ވިދާޅުވެފައި ވަނީ މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ ހަދިޔާއަކާއި އެކު ތަފާތު ގޮތަކަށް ރަށުގެ ރައްޔިތުންނަށް ޢީދުގެ ތަހުނިޔާ ކިޔުން ކަމަށެވެ.
ރީޝާ ވަނީ މި ހަރަކާތް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސް ނިންމާލުމުގައި އެ ކޮމެޓީގެ މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހިތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!