އެންވަޔަރަމަންޓް މިނިސްޓަރު، ޑރ. ޙުސައިން ރަޝީދު ޙަސަން، މޫސުމާ ބެހޭ ބައިނަލްއަޤުވާމީ ޖަމިއްޔާ (ޑަބްލިޔު.އެމް.އޯ) ގެ ސެކެރެޓަރީ ޖެނެރަލް ޕްރޮފެސަރ. ޕެޓެއްރީ ޓަލާސްއާ ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓަރު ހުސައިން ރަޝީދު ހަސަންގެ މި ބައްދަލު ކުރެއްވުމުގައި، ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާގެ ފެންވަރު ރަނގަޅުކުރުމާ ބެހޭގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ކްލައިމެޓް ސާވިސަސް އާއި ދުރާލާ އިންޒާރުދޭ ނިޒާމުތަކާ ގުޅޭ ދާއިރާއިން ކެޕޭސިޓީ ބިލްޑު ކުރުމާ ބެހޭގޮތުން، ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގެ ފޮޓޯއަކާއެކު، މިނިސްޓަރު، ޓްވިޓާގައި ވިދާޅުވީ މޫސުމާ ބެހޭ ޤައުމީ އިދާރާގެ ފެންވަރު ރަނގަޅު ކޮށް، ނުވަތަ ކެޕޭސިޓީ ބިލްޑު ކުރުމަކީ، ރޭ އޮތް އދ.ގެ ކްލައިމެޓް އެކްޝަން ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އިއުލާން ކުރެއްވި ކަންތައްތައް ތަންފީޛު ކުރުމަށް ވަރަށް މުހިއްމުކަމެއްކަމުގައެވެ.

ރޭ އޮތް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ، ކުދި ޤައުމުތަކުން ކުރިމަތިލުމަށް ރާއްޖެއިން ބޭނުންކުރާ ކްލައިމެޓް ސްމާޓް ރެޒިލިއަންޓް އައިލެންޑް އިނިޝިއޭޓިވް މޮޑެލް ބޭނުންކުރަން ޖެހޭކަމުގައެވެ.