2018 ވަނަ ފިނޭ ސްކޫލުގެ ހުރިހާގޮތުން އެންމެ މޮޅު ދަރިވަރަކަށް، ފިނޭ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރު އިންޝާ އިބްރާޙީމް ޝިހާބު (އޯކިޑު، ހދ. ފިނޭ) ހޮވިއްޖެ އެވެ.

2018 ވަނަ އަހަރުގެ ފިނޭ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ، 20 ސެޕްޓެމްބަރ 2019 ވީ ހުކުރު ދުވަހުގެ ރޭ ހދ. ފިނޭ ސްކޫލު ހޯލުގައެވެ.

Ad
rt

މިޖަލްސާގައި 6 ކެޓަގަރީއަކުން 15 ދަރިވަރަކު އިނާމު ހާސިލުކޮށްފައި ވެއެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން އޮފިސަރ، އަހުމަދު ފައިސަލް އެވެ. މިޖަލްސާގައި، ފިނޭގެ އެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.