މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ރޭ ނޮޅިވަރަމް ޒުވާނުންގެ ގުޅުމާއި ޓީމު ހަނިމާދޫ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅުވެ، ޓީމު ހަނިމާދޫގެ ދެވަނަ މެޗުވެސް ކާމިޔާބު ކޮށްފިއެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު ޓީމު ހަނިމާދޫ ކާމިޔާބުކުރީ 17-25 ޕޮއިންޓުންނެވެ. ދެވަނަ ސެޓު ކާމިޔާބުކުރީ 12-25 ޕޮއިންޓުންނެވެ. 3 ވަނަ ސެޓު ކާމިޔާބުކުރީ 17-25 ޕޮއިންޓުންނެވެ.
އިއްޔެގެ މެޗްގައި ކްއީން އޮފްދަ މެޗްގެ މަޤާމަށް ހޮވުނީ ޓީމު ހަނިމާދޫގެ ޖާރޒީ ނަމްބަރު 7، އައިމިނަތު އަރީޝާއެވެ.
ކުޅުދުއްފުށީގެ ޑަބްލިޔު ސްޕޯޓްސް އެކެޑަމީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެއަންހެން ޑިވިޜަނުގެ ފުރަތަމަ ގުރޫޕުގައި ހިމެނެނީ ކުމުންދޫ އެސްސީ، ނޮޅިވަރަންފަރު އެސްސީ، އަދި ޓީމް ކުޅުދުއްފުއްޓެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ ނޮޅިވަރަމު ޒީޖީ، ނައިވާދޫ ޓީއެސްސީ އަދި ޓީމް ހަނިމާދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!