ށ. ކަނޑިތީމުގައި ކުރިއަށް ގެންދާ "ކުނިވަށި" ޕްރޮގްރާމްގެ ދަށުން އެ ރަށުގެ އެކި ސަރަހައްދު ތަކުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް ނަގާނެ ފަރާތެއް ހޯދަން ފަށައިފިއެވެ.
ކަނޑިތީމު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ އެ ރަށުގައި ބެހެއްޓިފައިވާ ކުނިވަށިތައް 6 މަސްދުވަހުގެ މުއްދަތަށް ނަގާ އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
އެ ރަށު ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަގު ހުށަހަޅާ ފޯމް އެ އިދާރާއަށް ހުށަހެޅުމަށް އެކައުންސިލުން އެދިލައްވާފާވެއެވެ.
މި ފޯމް އެރަށު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި ފޯމް ދޫކުރުން އޮންނާނީ މިހިނގައި ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ. އަދި ފޯމް ދޫކުރަނީ ރަސްމީދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ދޭތެރޭކަމަށްވެސް އެކައުންސިލުން ހާމަކުރެއްވިއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ފުރުމަށްފަހު މިމަހުގެ 14 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވާފައިވެއެވެ.
އަގުހުށަހަޅާ ފޯމް ނުނަންގަވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ފޯމްތަށް ބަލައި ނުގަނެވޭނެކަމަށްވެސް ކަނޑިތީމު ކައުންސިލުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!