ހދ.ވައިކަރަދޫ ގަބުރުސްތާންގެ ވަށާފާރު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓް ކޮށްފިއެވެ.
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ، މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ގަބުރުސްތާންގެ ވަށާފާރު މަރާމާތު މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 30 ސެޕްޓެމްބަރ 2019 ވާ ހޯމަދުވަހު ހެނދުނު 11:00 ގައި އެއިދާރާގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގައި މިއިދާރާގައި ބާއްވާ އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދޭ ކަމަށެވެ.
އެއިއުލާނުގައި ބުނެފައިވަނީ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންނި ކަމަށެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލްކުރެވޭނީ އެފަރާތް އެކަނި ކަމަށާއި. ނުވަތަ އެފަރާތް އެބައްދަލުވުމަށް ފޮނުވި ފަރާތަށް އެކަނި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ވިޔަފާރިއެއް ނަމަ، ނުވަތަ ޕާޓްނަރޝިޕެއް ނަމަ، ނުވަތަ ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުންޏެއް ނަމަ، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއް ނަމަ، އެފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި، އެ ލިޔުން އެ ބައްދަލުވުންތަކަށް ހުށަހަޅުއްވުމަށްވެސް އެފަރާތުންއެދެއެވެ. އަދި އެ ލިޔުމާއެކު، އެ ފަރާތުގެ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއަކާއި، އެފަރާތުގެ ނަމުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްވެސް ހުށަހަޅުއްވަން ވާނެއެވެ.
މީގެ އިތުރުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށާއި، އަންދާސީހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެ ކަމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520046 ފޯނާއި ގުޅުއްވުމަށް ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!