"ގެވެށި ގުޅުން" ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށްގެންދާ ގައުމީ ކެމްޕެއިން ޕާކިސްތާން ސަރުކާރުން 2.972.205 ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.
"ގެވެށި ގުޅުން" ކެމްޕޭންޢަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް 15 ޖުލައި 2020 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސާއިން އިސްނަގައިގެން ދިވެހި ސަރުކާރުން ފެށި ކެމްޕޭނެކެވެ.
ދިވެހި ސަރުކާރުގެ "ގެވެށި ގުޅުން" ކެމްޕޭނަށް ޕާކިސްތާން ސަރުކާރުން ދެއްވި އެހީގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީ އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ
ޙަމީދު އެވެ.
ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު
ވައިސް އެޑްމިރަލް އަތަށް މުޚްތާރު އެވެ.
އިއްޔެ ސޮއިކުރެވުނު ޖޮއިންޓް މޮނީޓަރިން މެކޭނިޒަމްއާއެކު ޕާކިސްތާން ސަރުކާރުން "ގެވެށި ގުޅުން ކެމްޕޭން"އަށް ދެއްވާ ރަސްމީ އެއީ ހަމަޖެހިގެންދާނެ ކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއެވެ.
ޕާކިސްތާނުން ދެއްވި އެހީއާއެކު "ގެވެށި ގުޅުން" ކެމްޕޭން އިތުރަށް ފުޅާކޮށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މަގުފަހި ވެގެން ދާނެކަމަށް ވެސް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!