ހދ. ފިނޭ، ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވާ ފިރިހެނުންގެ ވޮލީބޯޅާ މުބާރާތް އަންނަ މަހު ބޭއްވުމަށް އެ ކްލަބުން ނިންމައިފި އެވެ.

އެ ކުލަބުން ބުނީ މުބާރާތް ފަށާނީ އަންނަ މަހުގެ 25 ގައި ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހދ އަތޮޅުގެ ޓީމުތަކަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ 20:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމަށް އެފަރާތުން އެދެ އެވެ. މިއަހަރު ވަނީ މުބާރާތުގެ ބައިވެރިވުމަށް ހުށަހަޅާ ފީ މިއަހަރު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން މިއަހަރު މުބާރާތުގައި ބައިވެރިވެވޭނީ 2500 ރުފިޔާގެ ފީ އެއް ދައްކައިގެންނެވެ.

މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހަނިމާދޫ ޓީމެވެ.