ރާއްޖޭގެ އެކި ސިނާއަތްތަކުން ގަނެ ވިއްކާތަކެތީގެ މުޢާމަލާތް ކުރުމުގައި އަގުހެޔޮ ވުމާއި ވަގުތު ސަލާމަތް ކުރުމަކީ ވިޔަފާރީގެ ފައިދާއާ ސީދާ ގުޅިފައިވާ ކަމެކެވެ. ވިޔަފާރީގެ ފައިދާ އިތުރު ވާވަރަކުން އާންމު ގިނަ ފަރާތްތަކަށް އެކަމުން އެކަށީގެންވާ ފައިދާއެއް ކުރަމުން ދޭތޯ އެއީ ބަހުސް ކުރެވިދާނެކަމެކެވެ. އެއީ ފައިދާ އިތުރު ވިޔަސް މުސާރައަށް ބަދަލެއް ނައުމާ އަދި ގިނަ ވިޔަފާރިތަކަކީ މަދުބަޔަކު ކޮންޓްރޯލް ކޮށް ހިންގާ އެއްޗަކަށް ވުމުން ގައުމެއްގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތް މަތިވިޔަސް އާމްދަނީގެ ފަރަގު ދަށް ނުވެދާނެ ކަމަކަށް ވާތީއެވެ. ފަރުދުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް ނާންނަނަމަ ގިނަ މީހުންނަށް އިސްތިއުމާލު ކުރެވޭ މުދަލަށްވުރެ ވިޔަފާރިތަކުން ބޭނުންކުރާ މުދާ ގިނަވެއެވެ.

ރާއްޖޭގެ އާބާދީއާ އިގްތިސާދީ ހާލަތާ ނުބައްދަލު ސައިޒްގެ ބަނދަރެއް ހެދުމަށް މިވަގުތަށް އިންވެސްޓަރެއް ހޯދުމަކީ ކިހާ މުހިއްމު ކަމެއްތޯއެވެ؟ ރާއްޖެ އޮތް ތަނުގެ ގޮތުން ބައިނަލް އަގްވާމީ ބަނދަރަކީ ޓުއަރިޒަމާ މަސްވެރިކަން ފަދައިން ބޭރުފައިސާއާ ފައިދާ ހޯދިދާނެ އެއްޗެކެވެ. އެއީ ރާއްޖޭއަކީ މެދުއިރުމައްޗާ ފާރއީސްޓް އާ ދެމެދު އޮތް ގައުމަކަށް ވާތީއެވެ. މިޒަމާނަށް އައިއިރުވެސް ރާއްޖޭގެ އޮތް ތަނުގެ ފައިދާ ނުހޯދި އޮތުމަކީ ހިތާމަހުރި ކަމެކެވެ. ނަމަވެސް ބައިނަލް އަގްވާމީ ބަނދަރެއް އަވައްޓެރި ޝްރީލަންކާއާ އިންޑިއާގެ ކޮޗިންގ އާއި ވާދަކުރެވިދާނެ ފަދަ ހިންގުމުގެ ފަންނާ ހުނަރާއި ގާބިލްކަން ރާއްޖޭގައި އެބަހުރިތޯއެވެ؟ މިކަންކަން ނެތި ހަމައެކަނި ގްރޭޓަރ މާލެ އޭރިއާއަށް ހުރިހާ ދިވެހިން ތޮއްޖެއްސުމަކީ ބައިނަލް އަގްވާމީ ބަނދަރެއް މާލޭ ސަރަހައްދުގައި ހެދުމަށް އޮތް ހުއްޖަތެއްކަމަށް ދެއްކުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.

Ad
rt

މާލޭ ސަރަހައްދަކީ ގުދުރަތީ ގޮތުން ބިމުގެ ދަތިކަންވެސް އޮތް ސަރަހައްދެއްކަމުން މުދާ ގުދަން ކުރަން މާލޭގައި މިނަގާ އަގުތަކާ އަޅާބަލާއިރު ބިން އޮތް ރާޢްޖޭގެ އެހެން ސަރަހައްދަކުން ބޭނުންވާ ތަކެތި މާލެއަށް އުފުލަން ހިނގާނެ ޚަރަދު ކުޑަވުމުމުގެ ފުރުސަތު އޮތްކަންވެސް ފާހަގަކުރެވެއެވެ. (މާލޭ ކުއްޔަށް ވުރެ މާލެއަށް މުދާ އުފުލުގެ ޚަރަދު ކުޑަވުން)ވ

ބަނދަރަކީ ރާއްޖޭގެ ޖޯގްރަފީއަށް ބަލައި އާންމުކޮށް ބޯޓުފަހަރު ދަތުރު ކުރާ މަގުގައި ވާ ތަނެއްނަމަ، އެކަމުން އަގުތަކަށް އަންނަ ހެޔޮ ބަދަލުން މުޅިރާއްޖެއަށް ފައިދާ ކުރާނެއެވެ. ރާއްޖޭގެ އުތުރުގެ 7 ޑިގްރީ ޗެނެލުން 18 ޓްރިލިއަން އަގުހުރި މުދާ 70،000 ވުރެ ގިނަ ބޯޓުފަހަރުގައި އުފުލައެވެ. އަދި ދުނިޔޭގެ 30 ހަށްވުރެ ގިނަ ބޮޑެތި ސިޓީ އުތުރުގެ އަތޮޅުތަކާ 4000 ކިލޯމީޓަރެއްގެ ރޭޑިއަސްއެއްގެ ތެރޭގައި ހިމެނެއެވެ. އޭގެ އިތުރުން 2030 ވާއިރަށް ޗައިނާއާ އެމެރިކާ ފަހަތައް ޖައްސާލައިފައި ދުނިޔޭގެ އެންމެ ބޮޑު މެދުފަންތީގެ މާރކެޓަކީ އިންޑިއާއަށް ވާނެކަމަށް ބެލެވޭތީ އިންޑިއާ އެންމެ ކައިރީ އުތުރުގެ އަތޮޅުތަކާއެވެ. މިހާރު އިންޑިއާ ކަނޑުން ރާއްޖެއާ އެންމެކައިރީ ކޮޗިންގެ ހަންބަން ޓޯޓޯ ބަދަރެވެ. އެބަނދަރުން ޚިދްމަތް ދެވެނީ އަހަރަކު 5 މިލިއަން ޓީޢީޔ1ޫ (20 ފޫޓް ކޮންޓެއިނަރ ސައިޒް) އަށެވެ. ލެކެޑިވް/އިންޑިއާ ކަނޑުގައި ދައުރުކުރާކަމަށް ލަފާ ކުރެވެނީ އަހަރަކު 20 މިލިއަން ޓީއީޔޫ އެވެ.

އެހެންކަމުން މުހިއްމު ސުވާލަކީ ގައުމަށް ބޭނުންވާ ބޭރުފައިސާ ހޯދުމަށް ދިވެހިން މި މާރކެޓުން ހޯދަން އަމާޒުކުރާނީ ކިހާ މިންވަރެއްތޯއެވެ؟ މާލޭގައި ބަނދަރެއް ހެދުމަށްޓަކައި އަހަރެމެންގެ މުސްތަގިއްލު ކަމާއި، ސަގާފަތާ ދިރިއުޅެމުން ދާ ގޮތާއި އިޖްތިމާއީ އެތައް ކަމެއް ފުނޑާލާފައި ބޮޑެތި ބްރިޖްތަކަށް އެތައް ބިލިއަނެއް މިވަގުތު ޚަރަދުކޮށްފައި އެންމެން މާލެއަށް ތޮއްޖަންސުން މުހިއްމުތޯއެވެ؟

އެކަށީގެން ވޭ ނޫންތޯ ދިވެހިން 1 މިލިއަން ޓީއީޔޫ ގެ ޚިދުމަތް ދެވޭ ވަރުގެ ބަނދަރެއް ހެދުމަށްވެސް. އަދި 2050 އަހަރަށް ވިސްނައިގެން އެ ބަނދަރު ތަރައްގީ ކޮށް ބޮޑު ތިލަދުންމަތި އިގްތިސާދީ ބާރެއްގެ ގޮތުގައި ގާއިމްވުމަކީ ސ. މީދޫގައި ހުރި މީހާއަށްވެސް އޭގެ މަންފާލިބޭނެ ކަމެއް. ގައުމީ އުފެއްދުންތެރިކަން އިތުރުވެ މުދަލުގެ އަގު ހެޔޮވުމާއިއެކު ދައުލަތުގެ މުހިއްމު ރައުސުލް މާލެއް އަތުން ނުގެއްލި ދަރަނިވެރި ނުވެ މިކަން ވާން އޮތް އިރު ރައްޔިތުން ތޮއްޖައްސާ މިކަމަށްޓަކައި ބޭރުގައުމުތަކާ ކުންފުނިތަކުގެ އުނގަށްވެއްޓި ގައުމުގެ އިސްތިގްލާލަށް ނުރައްކާ ކުރުމުގެ ބޭނުމަކީ ކޮބައިތޯ؟

ޕްލޭނިންގެ ދާއިރާގައި ތަޖުރިބާހުރި އިގްތިސާދީ މާހިރަކު މިމަޢުލޫއާއިމެދު ވާހަކަ ދައްކަމުން ހިއްސާކުރިއެވެ

މިހެން ކަމުން ބިން ނެތް މާލޭއާ މާލެ ކައިރީ ކަނޑު ހިއްކައިގެން ވަގުތީ ފައިދާއަށް ދުރުމުސްތަގްބަލަށް ބެލުމެއްނެތި ބްރިޖާ ބަދަރުހެދުންފަދަ ބޮޑެތި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ހިންގާ އަދިވެސް ގިނަ މީޙުންނާ ވިޔަފާރިތައް މާލެ ސަރަހަށްދަށް ތޮއްޖެއްސުމަށް ސަރުކާރާ މަޖިލީހުން ކުރާ މަސައްކަތް ހުއްޓާލާ ދެމެހެއްޓެނި އެންމެންނަށް ފައިދާ ކުރަނިވި 2 ވަނަ ވިސްނުމަކަށް ދާން ޖެހެއެވެ.

އެގޮތުން މާލެ ސަރަހައްދުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ގެ އާ ޕްރޮގްރާމްތައް ފެށުން މަޑުޖައްސާލާ ހިނގަމުން ދާ ކަންތަކަށް ރިކަރެންޓް ޚަރަދަށް ފައިސާ ދެއްވާ، ރާއްޖެތެރޭ މީހުން މާލެއަށް އެންމެ ގިނައިން ޚިދުމަތް ހޯދުމަށް އަންނަ ކަންކަން މާލޭގައި ފުޅާކުރުމަށް ބަޖެޓް ޖެހުމުގެ ބަދަލުގައި އެކި ސަރަހައްދުތަކުގައި އެޚިދުމަތް ލިބެން އޮތް އެންމެ މަތީ ފެންވަރެއްގައި ގާއިމްކުރުމަށް ކެޕިޓަލް ޚަރަދު ބަޖެޓް ދެއްވަންޖެހެއެވެ. މާލެއަށް އާ ކަންކަމަށް ބަޖެޓް ޖެހުމަކީ ރާއްޖެތެރޭ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދައި ދިނުމަށާއި އަދި މާލެ ލުއިކޮށް ތޮއްޖެހުން ނައްތާލަން މާލޭ ރައްޔިތުންނަށްވެސް ވީ ވައުދާ ޚީލާފު ކަމެކެވެ.