"ބްރިޖްގައި އެކްސިޑެންޓްވެ އެތައް އަނިޔާވުމުން ހެލްމެޓް މަޖްބޫރު ކުރި. ލޯންޗްގެ ހާދިސާގައި އެއްފަހަރާ އެތައް ބަޔަކު މަރުވުމުން ލައިފް ޖެކެޓް މަޖްބޫރު ކުރުން، އަލިފާނުގެ ހިތާމަވެރި ހާދިސާއެއް ހިނގާ އެތައް ގެއްލުންތަކެއް ވީމަ ގުދަންތައް ގުޅީފަޅަށް ބަދަލުކުރަންވީ." މިއީ ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވާ ވާހަކައެކެވެ. އޭނާ ބުނެފައިވަނީ ކަމެއްވީމަ ނޫނީ ކަންކަން ހައްލު ކުރަން ނޫޅޭ ވާހަކައެވެ.

ކޮންމެ ކަމެއްގަ ވެސް ކާރިސާ އެއް ދިމާވީމަ ނޫނީ ހައްލު ކުރަން ތިބޭ ތިބުން ނިމުމަކަށް އައްނަން ޖެހެއެވެ. އާބާދީ އެއްތަން ކުރަމުން ކުރަމުން އައިސް ބަލާލި ކޮންމެ ދިމާއަކުންވެސް އެތައް މަށްސަލަ ތަކެއް ފެންނަން އެބަހުއްޓެވެ. ގިނަ ފަހަރު ގޯސްވަނީ އެވާހަކަ ދައްކާ މީހެކެވެ. އެމީހަކާއި ދިމާއަށް ބުނެވެނީ "މާކަންތައް ބޮޑު ކުރަނީ" ކަމަށެވެ. އެހެނަސް އާޚިރުގައި ކަންވެގެންދަނީ "ބޮޑު ކަމެއްގެ" ގޮތުގައެވެ.

Ad
rt

ގިނަ މައްސަލަތަކަށް ހަގީގީ ސަމާލުކަން ލިބެނީ މީހެއްގެ މަރަށް ފަހުގައެވެ. ކޮންމެ ކަމެއްވެސް ހައްލު ކުރުމުގެ އަގަކަށް މަރު ނުހައްދަވާށެވެ. ކަމާއި ބެހޭ ފަރާތްތަކަށް ގިނަ ބަޔަކު ދަނީ މި އާދޭސްކުރަމުންނެވެ. މުޖުތަމައުގައި ހުރި މިފަދަ ބޮޑެތި މައްސަލަތައް ކުރިއާލާ ފިޅަވަޅު އަޅައިގެން ހައްލުކުރަން އަތުކުރި އޮޅާލަމާހެވެ،

ދެން މިދިމާވަނީ ކަމެއް ދިމާވުމަށްފަހު އެވާހަކަ ދުވަސްކޮޅަކު ވާހަކަ ދައްކާލުމަށްފަހު ހަނދާން ނައްތާލުމެވެ. ދުވަސް ކޮޅަކަށް އޭގެ ވާހަކަ ދަށްކާނެއެވެ. އެކަމަށް ހައްލު ނުލިބެނީސް އަނެއް ކާރިސާއެއްގެ ކުރިމަތިވެއެވެ. މީގެ 12 މަސް ކުރިން، ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ތުއްތު ކުއްޖެއް ނިޔާވިއެވެ. އެހަފްތާގައި ހަދަމުންދާ އިމާރާތުގެ ވާހަކަ ވަރަށް ގަދައަށް ދެއްކިއެވެ. އެކަމު މިހާރު އެކަމަށް ހައްލެއް ނާންނަތަނުގައި އެކަމަށް އަޅާލާނެ މީހެއް ނެތެވެ. އެހާދިސާއަށް އިންސާފު ނުލިބުނުތާގައި އެމައްސަލަ ވީ ހިސާބެއް ނޭނގެއެވެ.

ރައްކާވެ ތިބިއްޔާ ދަތުރެކެވެ.