ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން ސަރުކާރުތަކަށް ގޮވާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ގްލޯބަލް ކްލައިމެޓް ސްޓްރައިކް ކުޅުދުއްފުށީގައިވެސް ފަށައިފި އެވެ

Ad
rt

މިއަދު ކުޅުދުއްފުށީ ކުޅި ސަރަހައްދުގައި އެ ރަށުގެ ބައެއް ޒުވާނުން އިސް ނަގައިގެން ވަނީ ހަޅުތާލުކޮށްފަ އެވެ.

ކުޅުދުއްފުށީގެ މި ހަޅުތާލުގައި ސަރުކާރަށް ގޮވާލީ އެ ރަށު ކުޅީގެ ބާކީ އޮތްބައި ހިމާޔަތް ކުރުމަށާއި، ތަރައްގީގެ ނަމުގައި ތިމާވެށި ހަލާކު ނުކުރުން ފަދަ ކަންކަމަށް ކަމަށެވެ.

ރާއްޖޭގައި ކްލައިމެޓް ސްޓްރައިކް ހަޅުތާލު ރޭވުމުގައި އެންމެ އިސްކޮށް އުޅެނީ ސޭވް މޯލްޑިވްސް މޫވްމެންޓުންނެވެ. އެ މޫވްމެންޓާ ކޯޑިނޭޓުކޮށްގެން ކުޅުދުއްފުށީގައި މިއަދު ވަނީ ހަޅުތާލު ކުރިއަށް ގެންގޮސްފަ އެވެ. މާލޭގައި އެ ހަޅުތާލު ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހު އެވެ. އަދި ފުވައްމުލަކުގައި މި ހަފްތާގެ ތެރޭގައި ހަޅުތާލު ބާއްވަން ދަނީ ރާވަމުންނެވެ. އައްޑޫ ސިޓީގެ ޒުވާނުންވެސް އިސްނަގައިގެން މިއަދު ހަވީރު ހަޅުތާލު ކުރާނެ އެވެ.