އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނުމުގެ ދުނިޔޭގެ ރެކޯޑު ހެދުން އޮންނާނީ އަންނަ މަހުގެ އެއްވަަނަ ދުވަހު ބަރޮސް އައިލެންޑް ރިސޯޓުގެ ފަޅު ތެރޭގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ނޭވާ ވޯލްޑް ރެކޯޑު އިވެންޓުގައި ބައިވެރި ވާން ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ޖެހެއެވެ.

Ad
rt

މި އިވެންޓުގައި ބައިވެރިވޭނީ ހާއްސަ 5 ޝަތުރުތެއް ހުންނަ މީހުންނަށްކަމަށް އެމިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ބައިވެރިވާ މީހެއްގައި ހުންނަން ޖެހޭ ޝަރުތުތައް:
1- 18 އަހަރުވެފައިވުން
2- ސިއްހީ ގޮތުން ފިޓު މީހަކަށް ވުން
3- 3 މީޓަރު (9.10 ފޫޓު ފުނަށް) ފީނުމުގެ ގާބިލްކަން ހުރުން
4- ނޭވާ ނުލައި 13 ސިކުންތަށް ވުރެ ގިނައިރު އަޑީގައި ހުރުމުގެ ގާބިލްކަން ހުރުން
5- 50 މީޓަރު (164.042 ފޫޓަށް) ފެތުމުގެ ކުޅަދާނަކަން ހުރުން

އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނުމުގެ ރެކޯޑު ހަދަން މިނިސްޓްރީން ތައްޔާރުވަމުންދާއިރު، މި ރެކޯޑު މިހާރު އޮތީ 280 މީހުންނާއެކު އިޓަލީގެ ވެރޯނާގަ އެވެ. ވެރޯނާ އިން ރެކޯޑް ހަދާފައިވަނީ އޮކްޓޫބަރު 11، 2009 ގަ އެވެ. ރާއްޖެ އިން މި ރެކޯޑް މުގުރާލުމުގެ އިވެންޓު އޮންނާނީ ބަރޮސް ފަޅުތެރޭގަ އެވެ. މި އިވެންޓުގައި 500 މީހުން ބައިވެރިވާނެ އެވެ.

މި އިވެންޓުގައި ފްރީޑައިވް ވޯލްޑް ޗެމްޕިއަން، ވިލިއަން ޓްރޫ ބްރިޖް ވެސް ބައިވެރިވާއިރު "ގިނިސް ވޯލްޑް ރެކޯޑު" ގެ އޮފިޝަލުން ވެސް މި އިވެންޓް މޮނިޓަރ ކުރާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ރާޖެއިން ވަނީ އިތުރު ރެކޯޑެއް ހެދުމަށްވެސަ ނިންމާފައެވެ. އެގޮތުނަ ދުނިޔޭގެ ވެރިކަން ކުރާ ރަށެއްގެ ވަށައިގެން ހިއުމަން ރިންގެއް މޫދުގައި އެޅުމަށްވެސް ވަނީ ނިންމާފައެވެ.

''އަޅުގަނޑު ދައުވަތު އަރުވަން ރާއްޖޭގެ ރައްޔިތުންނަށް ދައުވަތު އަރުވަން، އަޅުގަނޑުމެން ސެޕްޓެމްބަރު މަހު ފަހުކޮޅު މާލެ ވަށައި، ދެ ގަޑިއިރެއްހާއިރު ތެރޭގައި މޫދުގައި ކުދިބޮޑު ރައްޔިތުން ކެޕިޓަލް ސިޓީއެއް ވަށާ އަޅާ ފުރަތަމަ ރިންގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަޅާނަން. އަޅުގަނޑުމެން ބޭނުންވަނީ ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެ ފަވާލަން"

މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހެވެ.

Click the link for registration