ރާއްޖޭގައި ކޯވިޑް-19 އަށް ފައްސިވަމުންދާ އަދަދު އިތުރުވެ، ހާލަތު ގޯސްވުމާގުޅިގެނ،ް އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތްކުރުން ހުއްޓާލުމަށް އޭޑީކޭއިން އެދިއްޖެއެެވެެ.

އޭޑީކޭ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނުގައި ވާގޮތުން، އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ގާތުގައި މަޑުކުރެވޭނީ އެއްމެ ފަރާތަކަށްކަމަށާއި އެފަރާތަކީ ކޯވިޑްގެ އެއްވެސް އަލާމަތެއް ނެތް ފަރާތަކަށްވާން ޖެހޭނެކަމަށް ބުނެފަ ވެއެވެ.

Ad
rt

ކޯވިޑްގެ ހާލަތު ގޯސްވަމުންދާތީ މިއަދުން ފެށިގެން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުންގެ ގާތަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް އެ ބަޔާނުގައި އެދިފަ ވެއެވެ. އަދި ކޯވިޑް ފެތުރެމުންދާ ނިސްބަތަށް ބަލާ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިގޮތަށް ފިޔަވަޅު އަޅަން ނިންމާފައިވާއިރު، ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާންމުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ވެސް އޭޑީކޭއިން ބުނެފައިވެއެވެ.