އިންޑޮނީޝިއާގެ ގެއްލުނު ސަބްމެރިންގައި ތިބި މީހުން ސަލާމަތް ކުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެ ގައުމުން ބުނެފިއެވެ.
އެ ގައުމުގެ ނޭވީގެ ވެރިޔާ ޔޫޑޯ މަރްގޮނޯ ވިދާޅުވީ ސަބްމެރިން އޮތީ ކަނޑުގެ 2،800 ފޫޓު އަޑީގައި ކަމަށެވެ. އެހެންކަމުން އެހާ އަޑީގައި އޮތް ސަބްމެރިނެއް ނެގުމުގެ ފަންނީ ގާބިލްކަން ނެތުމުން އޭގައި ތިބި މީހުންގެ ފުރާނަ ސަލާމަތް ކުރުުގެ ފުރުސަތު ވަރަށް ކުޑަކަމަށް އޭނާ ބުންޏެވެ.
މަރްގޮނޯ ވިދާޅުވީ ގެއްލުނު ސަބްމެރިން އޮތްތަން މިހާރު ދެނެގަނެވިފައިވާ ކަމަށާއި ސަބްމެރިންގެ ބައެއް ބައިތައް ކަނޑުން ފެނުމުން ސަބްމެރިން ހަލާކުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
މިދިޔަ ހަފުތާގައި ގެއްލުނު މި ސަބްމެރިންގައި 53 މީހުން ތިބިކަމަށް ބޭރިގެ މީީޑިއާތަކުން ރިޕޯޓު ކުރެއެވެ.
ކަނޑުން ފެނުނު ސަބްމެރިންގެ ބައިތަކަކީ އެ ހަލާކުނުވަނީސް ނެއްޓިގެންދާނެ ބައިތަކެއް ނޫންކަމަށް އިންޑޮނޭޝިއާއިން ގަބޫލު ކުރެއެވެ. އަދި އިއްޔެގެ ނިޔަލަށް ސަބްމެރިނުން އޮކްސިޖަން ވެސް ހުސްވާނެކަމަށް ބެލެވިފައިވާތީ ސަބްމެރިންގައި ތާށިވި 53 މީހުން ދިރި ތިބޭނެކަމުގެ އުންމީދު ކުޑަކަމަށް އިންޑޮނީޝިއާގެ މަސްއޫލުވެރިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!