ހއ. ކެލާ އަދި ބާރަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމްކޮށްފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ ޓިމް ސޯޔާ ވިދާޅުވީ މިއަދަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިން ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއްކަ މަށެވެ.

Ad
rt

"ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި މަގްބޫލްކަން ލިބެމުން އަންނަ ހއ. އަތޮޅަށާއި ފަރުދުންނާއި ވިޔަފާރިތަކާއި މި ދެރަށުގެ ރައްޔިތުންނަށް މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ހޯދައިދެވުނު ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،"

ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މިއަދު ތައާރަފްކުރެވިގެން ދިޔަ ހިދުމަތާ އެކު ހއ. އަތޮޅުގައި ގައުމީ ބޭންކުން އަންނަނީ ހޯރަފުށި އިހަވަންދޫ އަދި ދިއްދޫގައި ގާއިމްކޮށްފައިވާ ތިން ބްރާންޗް މެދުވެރިކޮށް ހިދުމަތް ދެމުންނެވެ. ބީއެމްއެލް އިން ހއ އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ދޭ ރަށްތަކުގެ އަދަދު ފަހަކަށް ވަނީ އަރައިފަ އެވެ.