ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ތަރައްގީކުރި ޕަބްލިކް ފާހާނަތައް މިއަދު ހުޅުވައިފިއެވެ.

އެޗްޑީސީން ބުނީ މި ޕަބްލިކް ފާހާނަ ބަރީގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާހާނަ ހުންނާނެ ކަމަށާއި ނުކުޅޭދޭ މީހުންނަށް ހާއްސަ ފާހާނަ ހުންނާނެ ކަމަށެވެ.

Ad
rt

އަންހެނުންނަށް ހާއްސަ ފާހާނާގައި އަރާމުކޮށް އިށީނދެ އިނދެވޭނެ ގޮތަށް ގާތުން ކިރުދޭ ކޮޓަރިއެއް ގާއިމްކޮށް މި ކޮޓަރީގައި ނެޕީ ބަދަލުކުރުމަށް މޭޒަކާއި މޫނު ދޮންނަ ތަށި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފިރިހެން ފާހާނާގައި ވެސް މޫނު ދޮންނަ ތައްޓާއި ނެޕީ ބަދަލުކުރެވޭނެ އިންތިޒާމު ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެޗްޑިސީން ބުނީ ޕަބްލިކް ފާހާނަތުގެ ބޭރުގައި ބީޗް ކައިރީގައި އައުޓްޑޯކޮށް ފެންވެރޭނެ ހިދުމަތް ގާއިމް ވެފައި ހުންނާނެ ކަމަށެވެ.

ހުޅުމާލޭގައި ޕަބްލިކް ފާނާހަ ގާއިމްކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.