މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު މައްސަލައެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގެ ނޯޓިސް މަޖިލީހުން ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ބުނީ، މަޖިލީހުގެ 10 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، މިއަދު އެކަމަނާއަށް ފޮނުވިފައިވާ ކަމަށެވެ.
މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ބައްދާފައިވާއިރު، އޮންލައިންކޮށް ބުދަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އެކަން އެންމެ ފުރަތަމަ ގެންނަންޖެހޭނީ އެމަނިކުފާނާ ހަމައަށް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން އިއްޔެ ވަނީ މިނިސްޓަރު ޒަހާއަށް އިތުބާރު އޮތް ކަމަށް ބުނެފައެވެ.
ޒަހާއަށް ފުރިހަމަ އިތުބާރުއޮތް ކަމަށް އެމްއާރްއެމްގެ ރައީސް، ކުރީގެ ރައީސް މައުމޫން ވެސް ވިދާޅު، ޒަހާގެ ދިފާއުގައި ވާހަކަ ދައްކަވާފައިވާއިރު، އެޕާޓީގެ ނައިބު ރައީސް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ޒަހާ ދިފާއު ކުރަށްވާފައެވެ.
އަދި އެމްއާރްއެމްއިން ވަނީ މިނިސްޓަރު ޒަހާގެ ދިފާއުގައި ނޫސް ނަޔާނެއް ވެސް ނެރެފައެވެ.
މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން އެ ވަޒީރަކަށް އަންގަން ވާނެ އެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ވޯޓުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!